ތިބާގެ ހަށިގަނޑު އެންމެފަހުގެ ނޭވާ ދޫކުރުމާއެކު ތިބާވެގެންދާނީ ދިރުމެއްނެތް އުކާލުމަށް ބާއްވާފައި އޮތް ނުބައިވަސްދުވާ މުޅަމަސްގަނޑަކަށެވެ. ފުރާނަ ދިއުމުން ތިބާގެ ޙަރަކާތް ހުސްވެފައިވާ ހަށިގަނޑު ސަހަރާއަށް ގެންދެވޭނެތެވެ. އެތާގައި އެންމެ ފަހުފަހަރަށް ތިބާގެ ހަށިގަނޑު ބަޔަކު ދޮންނާނެއެވެ. އެއަށްފަހު ތިބާގެ ހަށިގަނޑު ކަފުނުން ނިވާކޮށްލުމަށްފަހު ސަންދޯކުގައި ވަޅުލުމަށް ޚާއްޞަކުރެވިފައިވާ ތަނަށް ގެންދެވޭނެއެވެ. އަދި ތިބާ ވަޅުލުމަށް ޚާއްޞަކުރެވިފައިވާ ހަނިވަޅުގަނޑުގެ ތެރެއަށް ލުމާއެކު ތިބާގެ އަނބިދަރިންނާއި ގާތްތިމާގެ މީހުންނާއި އަދި އެވަގުތު އެތާގައި ތިބި ބަޔަކު އަވަހަށް ވެލިއަޅާ ފޮރުވާލާނެތެވެ. މިހިސާބުން ތިބާގެ ޙަޔާތުގެ ފަތްފުއްތައް ލެއްޕި ތިބާގެވާހަކަ ނިމުނީއެވެ.
4 weeks ago
6 years ago
6 years ago
6 years ago
6 years ago
6 years ago
6 years ago
6 years ago
6 years ago
6 years ago
6 years ago
6 years ago
6 years ago
6 years ago