ޝަޢުބާންމަހަކީ ހިޖުރީ ކަލަންޑަރުން 8 ވަނަ މަހެވެ. ޝަޢުބާންމަސް ފާހަގަވެގެންދާ ކަންތައް ތަކެއް ވާކަމާއި މެދުގައި ޢިލްމުވެރިން ތަފާތު ގޮތްގޮތަށް ލިޔުންތައްލިޔެފައި ހުރެއެވެ. އެގޮތުން ޝަޢުބާން މަހަކީ ދީނީގޮތުން އެއްވެސް ގޮތަކުން ފާހަގަކުރެވޭ މަހެއް ނޫންކަމުގައިލިޔެފައިވާ ލިޔުންތައް ލިޔެފައިވެއއެވެ. އަދި ހަމަ ޝަޢުބާންމަހަކީ ދީނީގޮތުން ޚާއްޞަވާ މަހެއްގޮތުގައިވެސް ލިޔުންތައް އެބަހުއްޓެވެ.
އިސްލާމްީ ތާރީޚަށްބަލާއިރު ޝަޢުބާން މަހުގައި ހިނގާފައި ހުރިކަންތައްތައްތަކެއްވާކަން އެނގެއެވެ. ކީރިތި ރަސޫލާ(ޞ.ޢ.ވ) މައްކާއިން މަދީނާއަށް ވަޑައިގެންނެވުމަށްފަހު ސޯޅަ ނުވަތަ ސަތާރަމަސް ދުވަހު ނަމާދުކުރައްވަމުން ގެންދެވީ މަސްޖިދުލްޢަޤުޞާއަށް ކުރިމަތިލައްވާ ހުންނަވައިގެންކަމުގައި ރިވާވެގެންވެއެވެ. ސޯޅަ ނުވަތަ ސަތާރަމަހަށްފަހު ފަހު ކަޢުބަތުﷲ ގެފުޅަށް ކުރިމަތިލައްވައި ހުންނަވައި ނަމާދުރެއްވުމުގެ އަމުރުފުޅު ކީރިތި ޤުރުއާނުން ވަހީބަސްފުޅު ބާވާލެއްވީ ހިޖުރައިން ދެވަނަ އަހަރުގެ ޝަޢުބާންމަހުގައި ކަމުގައި ރިވާވެގެންވެއެވެ. އާދެ! މިހާރުގެ ޤިބުލަ ކަމުގައިވާ ކަޢުބަތުﷲ (ގެފުޅަށް) އަށް ކުރިމަތިލުމުގެ ކަންތައް ހަމަޖެހިގެން ގޮސްފައިވަނީ (ހިޖުރައިން ދެވަނައަހަރު) ޝަޢުބާންމަހުގައެވެ. މުސްލިމުން ދުނިޔޭގެ ކޮންމެ ތަނެއްގައި ވިޔަސް ނަމާދުކުރުމުގައި އެއްދިމާއަކަށް ކުރިމަތިލުމަކީ މުސްލިމުންގެ އެއްބައިވަންތަކަމުގެ އެއްރަމްޒެވެ. އަދި އެކަމަކީ މުސްލިމުންރެޔާއި ދުވާލު ފަސްފަހަރު ތަކުރާރުކުރާ އަޅުކަމުގައި ކުރިމަތިލާ ޤިބުލައެވެ. އެހެންކަމުން ހަމައެކަނި ޤިބުލައިގެކަންތައް ކަނޑައެޅި ހަމަޖެހިން ގޮސްފައިވުން އެއީ ޝަޢުބާންމަސް ޚާއްޞަގޮތަކުން ފާހަގަވާކަމަށް ބެލިދާނެކަމެކެވެ.
އިސްކާމްމަކުގެ ރުކުންތަކުތެރެއިން ރަމަޟާން މަހުގެ ރޯދަ ފަރުޟުކުރެއްވީވެސް (ހިޖުރައިން ދެ ވަނަ އަހަރު) ޝަޢުބާން މަހުގައިކަމުގައި ރިވާވެގެންވެއެވެ. ރޯދަ ފަރުޟުކުރެއްވި އާޔަތް ކަމުގައިވާ ސޫރަތުލް ބަޤަރާގެ 183 ވަނަ އާޔަތް ބާވައި ލެއްވީ ޝަޢުބާންމަހުގައިިކަމުގައިވެ އެވެ. އަދި އެއި އެމަހުގެ 2 ވަނަ ދުވަސްކަމުގައިވެސް ބައެއް ލިޔުންތެރިން ލިޔުއްވައެވެ. ރަމަޟާން މަހުގެ ރޯދައަކީވެސް ކޮންމެ އަހަރަކު މުސްލިމުން އަދާކުރާ އަޅުކަމަކަށްވާއިރު މިއަޅުކަން ފަރުޟުކުރެއްވުން ޝަޢުބާންމަހުގައި ކަނޑައެޅިހަމަޖެހިގެން ގޮސްފައިވުމަކީީވެސް އެމަސް ފާހަގަ ކުރެވޭނެކަމަކަށް ނުވާނެބާވައެވެ؟ ރަމަޟާން މަހުގެ ރޯދަ ފަރުޟުކުރައްވާ ރަމަޟާންމަހުގެ ރޯދައަށްފަހު ފިޠުރު ޢީދާއި، ފިޠުރު ޒަކާން ކަނޑައެޅިގެންދިޔަމަހަކީވެސް ހިޖުރައިންދެވަނަ އަހަރުގެ ޝަޢުބާންމަހުގައިކަމުގައިވެސް ލިޔުންތަކުންފެނެއެވެ.
ރަމަޟާން މަސްފިޔަވާ އެންމެ ގިނައިން ކީރިތި ރަސޫލާ އެންމެ ގިނައިން ރޯދަ ހިއްޕަވާ މަހަކީ ޝަޢުބާން މަސް ކަމުގައި ބަޔާންކޮށްދޭ ރިވާޔަތްތައް އައިސްފައިވެއެވެ. އަދި މީސްތަކުންގެ ޢަމަލުތައް ކީރިތި ﷲ ގެ ޙަޟުރަތަށް އުފުއްލަވާ މަހަކީ ޝަޢުބާންމަސްކަމުގައި ރިވާވެގެންވާ ބަސްފުޅުވެސް އައިސްފައިވެއެވެ. އެހެންކަމުގައިވުމައިއެކު ޝަޢުބާންމަހަކީ ފާހަގަކުރެވޭފަދަކަންތައްތަކެއް އެމަހާއި ގުޅިފައިވާ ޚާއްޞަ މަހެއް ކަމުގައި ދަންނަވަން ޖެހެއެވެ. އަދި ޝައުބާން މަހުގައި ކުރަމުން އައި ހެޔޮ ޢަމަލުތައް ގިނަކޮށް އެޢަމަލުތައްމަތީ ދެމިހުރުމަށް ޢަޒުމް ކަނޑައަޅައި، އަދި ކުރިމަތިވަމުން އަންނަ ރަމަޟާން ހުރިހާ ގޮތަކުން ފުރިހަމައަށް ތައްޔާރުވާންޖެހެއެވެ. އަދި ޝައުބާން މަހަކީ ރަމަޟާން މަހަށް ތައްޔާރުވުމުގެ މަސްކަމަށްވުމާއިއެކު ކުށްފާފަތަކުން ތައުބާވެ އާ ޢަޒުމަކާއިއެކު ހެޔޮޢަމަލުތައް ގިނަކުޅައުމަށް މަސައްކަތްކުރާންޖެހެއެވެ.
ކޮމެންޓް
ގުޅޭ ލިޔުންތައް
2 years ago
2 years ago
4 years ago