✨ޖަންނަތުގެ ނިޢުމަތްތައް✨

ފަހެ ހަމަކަށަވަރުން ހިތަށް ތަޞައްވަރުކޮށްލުމަށް ނުވަތަ ޚިޔާލަށް ގެނެސްލުމަށް ވުރެ ޖަންނަތުގައިވާ ނިޢުމަތްތައް ބޮޑުވެގެންވާ ކަމާއިމެދު އެއްވެސް ޝައްކެއްނެތެވެ. އަދި ދުނިޔޭގައި އެއާއި އެއްފަދަ އެއްވެސް އެއްޗެއް ފެނިފައި ނުވެއެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: "ލޮލަކަށް ފެނިފައި ނުވާ، ކަންފަތަކަށް އިވިފައިނުވާ އަދި އިންސިއެއްގެ ހިތަށް ތަޞައްވަރު ވެފަ ވެސް ނުވާ ފަދައިން ތިމަންއިލާހުގެ ޞާލިޙު އަޅުތަކުންނަށްޓަކައި ތިމަން އިލާހު (ޖަންނަތް) ތައްޔާރުކުރެއްވީމެވެ."

7 months ago