ކީރިތިޤުރުއާނުގައި ރަސޫލުން

އެޑްމިން

 ރަސޫލުންނަކީ އިންސާނުންނަށްތެދުމަގުދެއްކެވުމަށްޓަކައިމާތް ﷲ ޚިޔާރުކުރައްވާ އެބޭ ކަލުން ނަށް ވަޙީގެޒަރީޢާއިން ﷲ ގެ ޝަރީޢަތް ބާވާލައްވަވާ އެ ޝަރީޢަތް މީސްތަކުންނަށް އަންގައިދެއްވުމުގެގޮތުން ފޮނުއްވާފައިވާ އިންސާ ނުން ގެ ތެރެއިންވާ އެންމެ މާތް މީހުންނުނެވެ. އެކަލާންގެ އެންގެވި ތެދުމަގުގައި ޙައްޤު ހެޔޮގޮތުގައި ދުނިޔޭގެ ދިރިއުޅުން ވޭތުކޮށްފި ބަޔަކަށް އާޚިރަތު ގައި ނިޢުމަތުގެ ސުވަރުގެ ދެއްވާނެކަމުގެ އުފާވެރި ޚަބަރު ދެއްވުމަށާއި، ﷲ އާ ރަސޫލާ އަންގަވާ ގޮތް ޤަބޫލުނުކޮށް ޙައްޤުމަގަށް ފުރަގަސް ދީ ދުނިޔޭގެ ދިރިއުޅުން ވޭތުކޮށްފި ބަޔަކަށް އާޚިރަތްދުވަހު ބިރުވެރިކަމާނުރައްކާ ތެރިކަމުން ފުރިގެންވާ ނަރަައިގެ ގަދަފަދަ ޢަޛާބު ހުރި ކަމުގެ ބިރުވެރި ކަން އަންގައިދިނުމަށް ޓަކައި ފުރަތަމަ އިންސާނާ އާދަމް ޢަލައިހިއްސަލާމުން ފެށިގެން ، ރަސޫލަކު އެބައެއްގެތެރެއަށް ނުފޮނުއްވާ އެއްވެސް އުންމަތެއް ނުވެއެވެ. ކީރިތި ޤުރުއާނުގަ އެކަލާން ގެ ވަހީކުރައްވާފައި ވަނީ إِنَّا أَرْ سَلْنَاكَ بِالْحَقِّ بَشِيرًا وَنَذِيرًا وَإِن مِّنْ أُمَّةٍ إِلَّا خلَا فِيهَا نَذِيرٌ (އަލްފާޠިރު 24) މާނައީ: ހަމަކަށަވަރުން ތިމަންރަސް ކަލާނގެ ޙައްޤު ދީނައިގެން ކަލޭގެފާނު ފޮނުއްވީ އުފާވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކުކަމުގައްޔާއި ބިރުވެރި ކަމުގެ ޚަބަރު ދެއްވާބޭކަލަކު ކަމުގައެވެ. އަދި އެ އުންމަތަކަށް އިންޛާރުކުރައްވާ ބޭކަލަކު ، އިސްވެ ގޮސްފައިނުވާ އެއްވެސް އުންމަތެއް ނުވެއެވެ."

ރަސޫލޫންނާއި ނަބީން ވަރަށްގިނަކަން އެނގެއެވެ. ބައެއް ރިވާޔަތްތަކުން އެނގޭ ގޮތުގައި 124000 (ސަތޭކަ ސައުވީސް ހާސް) ނަބީންވެ އެވެ. 315 (ތިންސަތޭކަ ފަނަރަ) ނުވަތަ 313 (ތިންސަތޭކަ ތޭރަ) ރަސޫލުން ﷲ ފޮނުއްވެވިއެވެ.

ރަސޫލުންނާއި ނަބީންނަށް އީމާންމުމަކީ އިސްލާމްދީނުގައި އީމާންވުމަށް ކަނޑައެޅިފައިވާ މައިގަނޑު ކަންތައްތައް ނުވަތަ އީމާންކަމުގެ 6 ރުކުނު ގެތެރެއިން ހިމެނިގެންވާ އެއްރުކުނެވެ. ރަސޫލުންނަށް އީމާންވެގެންނޫނީ އީމާންކަން ފުރިހަމަނުވާނެ އެވެ. މުސްލިމަކަށް އަދި މުއުމިނަކަށް ވުމަށްޓަކައި ކޮންމެ މުކައްލަ ފެއްގެމައްޗަށް ވެސް ރަސޫލުންނަށް އީމާންވުން ވާޖިބުވެގެންވެއެވެ. މިކަމަށް ކީރިތި ޤުރުއާނާއި ކީރިތިރަސޫލާގެޞައްޙަ ޙަދީޘުން ދަލީލުތައް ވަރަށް ގިނަ އެވެ.

ކީރިތި ޤުރުއާނުގައި ކީރިތި ﷲ ވަޙީކުރައްވަނީ آمَنَ الرَّسُولُ بِمَا أُنزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ كُلٌّ آمَنَ بِاللّهِ وَمَلآئِكَتِهِ وَكُتُبِهِ وَرُسُلِهِ لاَ نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِ (އަލްބަޤަރާ 285) މާނައީ: ރަސޫލާއަށް އެކަލޭގެފާނުންގެ ވެރި ރަސްކަލާނގެ ޙަޟުރަތުން ބާވައިލެއްވި އެއްޗަކަށް (އެބަހީ ކީރިތި ޤުރުއާނަށް) ރަސޫލާއާއި މުއުނިމުން އީމާންވެ އެވެ. އެ އެންމެން ﷲ އާއި އެކަލާނގެ މަލާއިކަތުންނާއި އެކަލާނގެ ބާވާލެއްވި ފޮތްތަކާއި އެކަލާނގެ ރަސޫލުންނަށް އީމާންވެއެވެ. (އެއުރެން ބުނެތެވެވެ.) ތިމަންމެން އެކަލާނގެ ރަސޫލުންގެތެރެއިން އެކަކާއި މެދުވެސް ތަފާތެއް ނުކުރަމެވެ."

އަދިވެސް ވަޙީކރައްވަނީ الْبِرَّ مَنْ آمَنَ بِاللّهِ وَالْيَوْمِ الآخِرِ وَالْمَلآئِكَةِ وَالْكِتَابِ وَالنَّبِيِّينَ (އަލްބަޤަރާ 177) މާނައީ:" ހެޔޮ (ކަންކުރާ) މީހާއީ ﷲ އަށާއި އާޚިރަތް ދުވަހަށާއި މަލާއިކަތުންނަށާއި ފޮތަށާއި، ނަބިއްޔުންނަށް އީމާންވީ މީހާއެވެ. އަދިވެސް ވަހީކުރައްވައެވެ. " آمِنُواْ بِاللّهِ وَرَسُولِهِ وَالْكِتَابِ الَّذِي نَزَّلَ عَلَى رَسُولِهِ وَالْكِتَابِ الَّذِيَ أَنزَلَ مِن قَبْلُ وَمَن يَكْفُرْ بِاللّهِ وَمَلاَئِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الآخِرِ فَقَدْ ضَلَّ ضَلاَلاً بَعِيدًا (އައްނިސާ 136) މާނައީ: ﷲ އަށާއި އެކަލާނގެ ރަސޫލާއަަށާއި އެކަލާނގެ ރަސޫލާއަށް ބާވައިލެއްވި ފޮތްތަކަށާއި، އަދި ކުރިން ބާވާލެއްވި ފޮތަށް އީމާންވުންމަތީ ތިޔަބައި މީހުން ދެމި ތިބޭ ށެވެ! އަދި ﷲ އަށާއި އެކަލާނގެ މަލާއިކަތުންނަށާއި އެކަލާނގެ (ބާވައިލެއްވި) ފޮތްތަކަށާއި އެކަލާނގެ (ފޮނުއްވި) ރަސޫލުންނަށާއި އާޚިރަތްދުވަހަށް ކާފަރުވާމީހާ (ދަންނާށެވެ!) ފަހެ އޭނާ ދުރުވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެއެވެ. " ކީރިތި ރަސޫލާގެ ޙަދީޘުގައިވެއެވެ. أَلأ يمان ان تؤ من با لله وملا ئكته وكتبه ورسله اليوم الآ خر وبالقد رخير ه و شر ه ) رواه مسلم(

މާނައީ: " އީމާން ކަމަކީ މާތް ﷲ އަށް އީމާންވުމާއި ، މަލާއިކަތުންނަށް އީމާންވުމާއި ، ފޮތްތަކަށްއީމާންވުމާއި ، ރަސޫލު ބޭކަލުން ނަށް އީމާންވުމާއި ، އާޚިރަތްދުވަހަށްއީމާންވުމާއި ، ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާންވުމެވެ. ރަސޫލުންނާއި ނަބީންގެ ތެރެއިން ކީރިތި ޤުރުއާނުގައި 25 ރަސޫލެއްގެ ނަން ފުޅު އައިސްފައިވެއެވެ. އެ ރަސޫލުންނަކީ آدَمَ إِدْرِيسَ نُوحُ إِبْرَاهِيمَ لُوط إِسْحَقَ إِسْمَاعِيلَ يَعْقُوبَ يُوسُفَ دَاوُدُ سُلَيْمَانُ أَيُّوبَ هَارُونَ مُوسَى زَكَرِيَّا يَحْيَـى إِلْيَاسَ الْيَسَعَ يُونُسَ هُودً صَالِحً شُعَيْبُ ذُا الْكِفْلِ عِيسَى مُحَمَّدُ މި 25 ރަސޫލުންގެ ނަން ޤުރުއާނުގައި އައިސް ފައިވަނީ ޤުރުއާނުގައިވާ 114 ސޫރަތުގެ ތެރެއިން 48 ސޫރަތެއްގައެވެ.

އެއް ސޫރަތެއްގައި އެންމެގިނަރަސޫލުންގެނަންފުޅު އައިސްފައިވަނީ سورة الأنعام ގައެވެ. އެސޫރަތުގައި 18 ރަސޫލެއްގެނަންފުޅު އައިސްފައިވެއެވެ. ދެ ވަނައަށް އެންމެ ގިނަ ރަސޫލުންގެ ނަން އެއް ސޫރަތެއްގައި އައިސްފައިވަނީ سورة الأنبياء ގައި 15 ރަސޫލެއްގެނަންފުޅެވެ. ތިންވަނައަށް ގިނައިން ރަސޫލުންގެނަން އައިސްފައިވަނީ 12 ރަސޫލުންގެނަން ދެ ސޫރަތެއްގައެވެ. އެއީ سورة النساء އާއި سورة مريم އެވެ. 11 ރަސޫލުންގެނަންވެސް ދެސޫރަތެއްގައި އައިސް ފައިވެ އެވެ. އެއީ سورة آل عمران އާއި ސޫރަތު ص އެވެ. سورة البقرة ގައި 10 ރަސޫލެއްގެނަންފުޅު އައިސްފައިވެއެވެ. 9 ރަސޫލުންގެނަންފުޅު سورة هود ގައި އައިސްފައިވެއެވެ. 8 ރަސޫލުންގެނަންފުޅު 3 ސޫރަތެއްގައި އައިސްފައިވެއެވެ. އެއީ سورة الأعراف، سورة الشعراء، الصافات ، މިސޫރަތްތަކުގައެވެ. 7 ރަސޫލެއްގެނަން އައިސްފައިވަނީޢަންކަބޫތު ސޫރަތުގައެވެ. 5 ރަސޫލެއްގެނަން سورة إبراهيم ،سورة النمل އަދި ސޫރަތު الاحزاب މިއިންކޮންމެ ސޫރަތެއްގައިވެސް އައިސްފައެިވެއެވެ. 4 ރަސޫލެއްގެ ނަންފުޅު 6 ސޫރަތެއްގައި އައިސް ފައިވެއެވެ. އެ ހަ ސޫރަތަކީ سورة المائدة ، سورة يونس ، سورة يوسف ، سورة الإسراء ، سورة الحج ، الشورى ، މި ސޫރަތް ތަކެވެ. ނުވަ ސޫރަތެއްގައި ތިން ރަސޫލުން ގެ ނަންފުޅު އައިސްފައިވެއެވެ. އެ 9 ސޫރަތަކީ ސޫރަތުލް غافر ، ސޫރަތު الزخرف ސޫރަތު الذاريات ، ސޫރަތު النجم ، ސޫރަތުލް الحديد ، ސޫރަތު الصف ސޫރަތު ޠާޙާ ސޫރަތުލްމުއުމިނޫން ސޫރަތުލްފުރުޤާން މި އެވެ. ދެ ރަސޫލުންގެ ނަންފުޅު 8 ސޫރަތެއްގައި އައިސްފައިވެއެވެ. އެ ސޫރަތް ތަކަކީ سورة التوبة سورة الحجر سورة الكهف سورة القصص سورة سبأ سورة ق سورة القمر سورة الاعلى އެވެ. އެއް ރަސޫލުންގެ ނަންފުޅު 10 ސޫރަތެއް ގައި އައިސްފައި ވެއެވެ. އެ ސޫރަތް ތަކަކީ سورة النحل سورة السجدة سورة فصلت سورة الاحقاف سورة محمد سورة الفتح سورة الممتحنة ސޫރަތުއްނޫޙު ސޫރަތުއްތަޙުރީމު، ސޫރަތުއްނާޒިޔާތި މިއިން ކޮންމެ ސޫރަތެއްގައި އެއް ރަސޫލެއްގެ ނަންފުޅު އައިސްފައިވެއެވެ.

މަތީގައިވާ މަޢުލޫމާތު އެހެން ތަރުތީބަކުން ތިރީގައިވެސް މިވަނީ އެވެ.

ޤުރުއާނުގައި ސޫރަތްތައް ހުރި ތަރުތީބުން ބަލާއިރު ރަސޫލުންގެ ނަންފުޅު އައިސްފައިވާ ސޫރަތްތަކަކީ

(1) އަލް ބަޤަރާ ގައި 10 ރަސޫލެއް ގެ ނަން ފުޅު (2) އާލު ޢިމްރާން ސޫރަތުގައި 11 ރަސޫލެއްގެނަން ފުޅު

(3) ސޫރަތުއް ނިސާގައި 12 ރަސޫލެއްގެނަން ފުޅު (4) ސޫރަތުލްމާއިދަތުގައި 4 ރަސޫލެއްގެ ނަން ފުޅު

(5) ސޫރަތުލް އަންޢާމުގައި 18 ރަސޫލެއްގެ ނަން ފުޅު (6) ސޫރަތުލްއަޢުރާފުގައި 8 ރަސޫލެއްގެނަން ފުޅު

(7) ސޫރަތުއްތައުބާގައި 2 ރަސޫލެއްގެނަންފުޅު (8) ސޫރަތު ޔޫނުސުގައި 4 ރަސޫލެއްގެނަން ފުޅު

(9) ހޫދު ސޫރަތުގައި 9 ރަސޫލެއްގެ ނަންފުޅު (10) ސޫރަތު ޔޫސުފުގައި 4 ރަސޫލެއްގެނަން ފުޅު

(11) ސޫރަތު އިބްރާހީމް ގައި 5 ރަސޫލެއްގެނަން ފުޅު (12) ސޫރަތު ހިޖުރުގައި 2 ރަސޫލެއްގެ ނަންފުޅު

(13) ސޫރަތުއްނަޙުލުގައި 1 ރަސޫލެއްގެ ނަނފުޅު (14) ސޫރަތުލްއިސްރާއީލްގައި 4 ރަސޫލެއްގެ ނަންފުޅު

(15) ސޫރަތުލްކަހުފުގައި 2 ރަސޫލެއްގެ ނަންފުޅު (16) ސޫރަތު މަރްޔަމްގައި 12 ރަސޫލެއްގެ ނަންފުޅު

(17) ސޫރަތު ޠާހާގައި 3 ރަސޫލެއްގެ ނަން ފުޅު (18) ސޫރަތުލް އަންބިޔާ ގައި 15 ރަސޫލެއްގެނަން

(19) ސޫރަތުލް ޙައްޖު ގައި 4 ރަސޫލެއްގެނަން (20) ސޫރަތުލްމުއުމިނޫންގައި 3 ރަސޫލުގެނަންފުޅު

(21) ސޫރަތުލް ފުރުޤާން ގައި 3 ރަސޫލެއްގެ ނަން ފުޅު (22) ސޫރަތުއްޝުޢަރާގައި 8 ރަސޫލުގެނަންފުޅު

(23) ސޫރަތުއްނަމްލުގައި 5 ރަސޫލުގެ ނަން ފުޅު (24) ސޫރަތުލް ޤަޞަޞްގައި 2 ރަސޫލުގެނަންފުޅު

(25) ސޫރަތުލްޢަންކަބޫތުގައި 7 ރަސޫލުންގެނަންފުޅު (26) ސޫރަތުއް ސަޖިދައިގާ 1 ރަސޫލުގެނަން ފުޅު

(27) ސޫރަތުލްއަޙުޒާބުގައި 5 ރަސޫލުންގެނަންފުޅު (28) ސޫރަތުއް ސަބައުގައި 2 ރަސޫލުގެނަންފުޅު

(29) ސޫރަތުއްޞާއްފާތި ގައި 8 ރަސޫލެއްގެ ނަންފުޅު (30) ސޫރަތުޞާދުގައި 11 ރަސޫލެއްގެނަން ފުޅު

(31) ސޫރަތުލްޣާފިރުގައި 3 ރަސޫލުންގެ ނަންފުޅު (32) ސޫރަތުލްފުއްޞިލަތުގައި އެއް ރަސޫލުގެ ނަން ފުޅު

(33) ސޫރަތުއްޝޫރާގައި 4 ރަސޫލުގެ ނަންފުޅު (34) ސޫރަތުއްޒުޚުރުފު ގައި 3 ރަސޫލުގެ ނަން ފުޅު

(35) ސޫރަތުލްއަޙުޤާފުގައި 1 ރަސޫލުގެ ނަންފުޅު (36) ސޫރަތުލްފަތުޙުގައި 1 ރަސޫލެއްގެ ނަންފުޅު

(37) ސޫރަތުލްފަތުޙުގައި 1 ރަސޫލެއްގެ ނަންފުޅު (38) ސޫރަތުލްޤާފުގައި 1 ރަސޫލެއްގެ ނަންފުޅު

(39) ސޫރަތުއްޛާރިޔާތި ގައި 3 ރަސޫލެއްގެ ނަން ފުޅު (40) ސޫރަތުއް ނަޖުމްގައި 3 ރަސޫލެއްގެ ނަން ފުޅު

(41) ސޫރަތުލްޤަމަރުގައި 2 ރަސޫލުގެ ނަންފުޅު (42) ސޫރަތުލްޙަދީދުގައި 3 ރަސޫލުގެނަންފުޅު

(43) ސޫރަތުލްމުމްމަޙިނަތުގައި 1 ރަސޫލެއްގެނަން ފުޅު (44) ސޫރަތުއްޞައްފު ގައި 2 ނުވަތަ 3 ރަސޫލުގެނަންފުޅު (45) ސޫރަތުއްތަޙުރީމުގައި 2 ރަސޫލުގެ ނަންފުޅު (46) ސޫރަތު ނޫޙުގައި 1 ރަސޫލުގެ ނަންފުޅު

(47) ސޫރަތއްނާޒިޢާތިގައި 1 ރަސޫލުގެ ނަންފުޅު (48) ސޫރަތުލްއަޢުލާގައި 2 ރަސޫލުގެނަންފުޅު

ޤުރުއާނުގައި އެންމެ ފުރަތަމަ ރަސޫލެއްގެ ނަން އައިސްފައިވަނީ ސޫރަތުލް ބަޤަރާގެ 31 ވަނަ އާޔަތުގައެވެ. އެއީ އާދަމް ޢަލައިހިއްސަލާމް ގެ ނަންފުޅެވެ. އެންމެ ފަހުން އައިސް ފައިވަނީ އިބްރާހީމް ޢަލައިހިއްސަލާމާއި މޫސާ ޢަލައިހިއްސަލާމުގެ ނަންފުޅެވެ. އެއީ ސޫރަތުލްއަޢުލާގެ 19 ވަނަ އާޔަތުގައެވެ. (ނުނިމޭ)

ކޮމެންޓް

ގުޅޭ ލިޔުންތައް