ޑީ.އެން.އޭ އިން ޒިނޭ ސާބިތު ނުކުރެވެނީ ކީއްވެ؟

އެޑްމިން

އަންހެން ކަނބަލަކު ޝެއިޚް ޝަފީޢު ޢަބްދުﷲ އާއި މިސުވާލުކުރިއެވެ.

އަޅުގަނޑުގެ ސިކުނޑީގައި އުފެދޭވަރުގަދަ ސުވާލެއް ކޮށްލާހިތްވެއްޖެއެވެ. މިސާލަކަށް 2 މީހަކު ސިއްރުން ޒިނޭކުރާތަން 4 މީހުންގެ ލޮލަށްނުފެނިދާނެއެވެ. ނަމަވެސް އަންހެންމީހާޔަށް އެދަރީގެ ބައްޕަޔަކީ ކާކުކަން އެނގޭހިނދު ދުނިޔޭގެ ލޯތަކައް ފިރިހެންމީހާޔަށް އެއީ ތިމަންނަގެ ދަރިއެއްނޫނޭ ބުނެވިދާނެއެވެ. އަދި އަންހެންމީހާ ކިތަންމެބޭނުންވިޔަސް ހެކިދައްކަން 4 މީހުންގެ ލޯ ހޯދާނީ ކޮންތާކުންހެއްޔެވެ. ނަމަވެސް ސައިންސުގެ (ޑީއެންއޭގެ) އަލީގައި ދަރީގެ ބައްޕައެނގިހާމަވުމުންވެސް އެ ފިރިހެންމީހާޔަށް ޙައްޤުވާ އަދަބު ނުދެވެންވީ ކީއްވެބާއެވެ. ފާފަވެރިން ކަށަވަރުވުމުން ޙައްޤުވާ އަދަބުދެވޭނަމަހީ އަޅުގަނޑުމެންގެ މިލޮބުވެތި ޤަޢުމުން ޒިނޭގެ ނޮހުރައްޕާނުތައް ނެތިގޮސްދާނެނޫންހެއްޔެވެ. ހަމައެފަދައިން އަނބިމީހާގެ ޙައްޤާއި, ފިރިމީހާގެ ޙައްޤާއި އަދި ދަރިންގެ ޙައްޤުތައް ހެޔޮގޮތުގައި އަދާކުރުމަށް މަގުފަހިވާނެނޫންހެއްޔެވެ.

ޝެއިޚްގެ ޖަވާބަކަށް އެދެމެވެ. ކުފުރުބަހެއް ބުނެވިފައިވާނަމަ ރަނގަޅުގޮތް ބުނެދެއްވާށެވެ.


ޖަވާބު: (އައްޝައިޚް ޝަފީޢު ޢަބްދުﷲ)

އިސްލާމީ ޝަރީޢާގެ މުޅި މަޤާޞިދު ބިނާވެފައި އޮންނަނީ، ކުށްތަކަށް އަދަބު ދިނުމަށްވުރެ، އެކުށްތަކަށް ތައުބާވުމަށް ފުރުޞަތު ހުޅުވާލެވޭގޮތަށް... އެހެންކަމުން، ނިކަން ބައްލަވާ މާތް ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި ޒިނޭކޮށްގެން ބަނޑުބޮޑުވެގެން އައި އަންހެން މީހާވެސް މާތް ނަބިއްޔާ ފޮނުއްވާލައްވަނީ، ވިހައިގެން ގަދަވެގެން އަންނަން، އޭނާ ނައިނަމަ، ނުވަތަ އޭނާ ތައުބާވެ އަނބުރައި ނައިނަމަ، މާތް ނަބިއްޔާ އޭނާ ހޯއްދަވައިގެން "ޗިޓު ފޮނުއްވައިގެން" ގެންނަވާ އެ ޙުކުމް ތަންފީޒެއް ނުކުރެއްވީސް... މިއީ ޢިލްމުވެރިން އެ ޙަދީޘްފުޅާމެދު ވިދާޅުވާގޮތް... 

ދެން، ނިކަން ޢުމަރުގެފާނުގެ ޚިލާފަތުގައި އެގޮތަށް އަންހެނަކު ތިމަންނަ ޒިނޭ ކޮށްފީމޭ ބުނުމުންވެސް ވިދާޅުވަނީ ކަމަނާއަށް ނޭނގި އެހެން މީހަކު ކަމަނާއާ ބެހުނީ ނޫން ހޭ؟ ނުވަތަ ކޮންމެވެސް އެހެން ކަމެއް ވީ ނޫންހޭ؟ އެކަލޭގެފާނުގެ މަޤްޞަދަކަށްވެސް ވެފައި އޮތީ، އޭނާ ސަލާމަތްކުރެއްވުން... ހަމަ ދެން އެނބުރި މާތް ނަބިއްޔާގެ ޒަމާނަށް ދާއިރު، ޒިނޭކޮށްގެން އައި މީހަކު، އޭނާގެ އަޚާއަށް އެކަލޭގެފާނު ޙަދީޘްކުރެއްވި، ކީއްވެހޭ އޭނާ ތިބާ ކައިރިޔަށް އައުމުން ތިބާގެ ރިދާގެ ދަށުގައި އޭނާ ނުފޮރުވީ... މާނައަކީ އޭނާއަށް ތައުބާވާން މަގު ނުދެއްކެވީ ކީއްވެހެއްޔެވެ...

އެހެންކަމުން، އިސްލާމީ ޝަރީޢަތުގައި، އަންހެނެއްވެސް އަދި ފިރިހެނެއްވެސް ޒިނޭއަށް އިޢުތިރާފުވެއްޖެނަމަ، ޤާޟީއެއް ނާހާނެ.. ކަލޭގެ ޒިނޭ ކުރީ ކާކާ ހޭ؟ ހެކި އެބަ ހުރިހޭ؟ އޭނާވެސް ގެންނާށޭ... އެއީ ކުރިން މިދެންނެވި އުސޫލުން... މާތް ނަބިއްޔާވެސް އެކަލޭގެފާނުގެ ޚަލީފާއިން ވެސް އެފަދައިން ކަންތައް ކުރައްވާފައި ވަނީ... އެއީ ދެ ޖިންސަށްވެސް އެކަން އޮތްގޮތް...

ދެން އޮތީ، ޒިނޭގެ ދަރީގެ ވާހަކަ... ޒިނޭގެ ދަރިއަކީ ފިރިހެން މީހާ އެއްބަސްވެ އިޢުތިރާފު ވިޔަސް، އޭނައަށް ދަރިއެއް ނުލައްވާނެ... އަދި، އޭނާއަށް ބައްޕަ ކިޔުންވެސް ހުއްދައެއް ނުވާނެ... އެހެންވީމާ، ޑީއެން އޭ ހަދައިގެން އޭނާ ހޯދައިގެން، އޭނާއަށް އަބަދު ދިނުން ކުރިން މިދެންނެވި ޝަރުޢީ މަޤާޞިދާވެސް ޚިލާފު... އަދި، އެއިން ދަރިއަށް ވާނެ ފައިދާއެއް... އަދި އެ ޒިނޭ ކުރި ފިރެހެނާއަށްވެސް ވާނެ ފައިދާއެއް ނެތް ޝަރުޢީގޮތުން...

ނިންމާލަމުން، އިސްލާމީ ޝަރުޢުގައި ޒިނޭ ސާބިތުވަނީ، އިޖުމާޢީގޮތެއްގައި ބަލާނަމަ، 2 ކަމަކުން... އެއީ އިޢުތިރާފުވުން... ނުވަތަ 4 ހެކިންގެ ހެކި ބަހުން... އަންހެނާ ބަނޑު ބޮޑުވުމަކީ އޭގެ ޒާތުގައި ޒިނޭ ސާބިތުވާކަމެއް ކަމަށް ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭކަލުން ދެކިނުއްލަވާ... ސަބަބަކީ، އެއީ ޝުބުހައެއް އެކަމުގައި އެކުލެވޭ ކަމަކުން ބަނޑު ބޮޑުވެފައި އަންހެނާ ހުރެދާނެ ކަމަށްޓަކައި... އެއީ ރޭޕްފަދަ ކަމެއް ދިމާވެފައިވެސް ހުރެދާނެ ކަމަށްވާތީ...

އެހެންވީމާ، ޚުލާޞާ އިސްލާމީ ޝަރީޢަތުގައި ވަނީ ހޯދަހޯދައިގެން އަދަބު ދިނުމަށްވުރެ، ތައުބާގެ ދޮރު އިސްކަން ދީ، ތައުބާވުމަށް ފުރުޞަތު ހުޅުވާލާފައި... އެއީ ދެ ޖިންސަށްވެސް އެކަން އޮތްގޮތް...


ސުވާލުކުރި ފަރާތް:

ވަރަށްބޮޑަށް ޝުކުރިއްޔާ ޝެއިޚް, ތިދެއްވިޖަވާބުން އެނގިގެންދަނީ އިސްލާމްދީނަކީ ފުރިހަމަ ރިވެތި ދީނެއްކަމެވެ. ފަހަރެއްގައިވެސް ހަރުކަށި ފިކުރުގެ ދީނެއްނޫންކަމެވެ. މަޢުލޫއާއި ގުޅޭގޮތުން ބުނާނަމަ ބުނެވޭނީ, ޒިނޭކުރާ އަންހެންމީހާވެސް އަދި ފިރިހެންމީހާވެސް ގަސްތުގައި އެ ނިގުޅައިގަންނަނީ ފުރާނައެއް ނުވަތަ ދަރިއެއްގެ އެތަކެއް ޙައްޤުތަކެއްކަމެވެ. އަދި ޒިނޭ ހަރާމްކުރައްވާފައިވަނީވެސް އެފަދަ ސަބަބުތަކާއިގުޅިގެންކަމެވެ. އަދިހަމަ އެންމެ މޮޅުގޮތަކީ.


ކޮމެންޓް

ގުޅޭ ލިޔުންތައް