މާތްﷲގެ 99 އިސްމުފުޅު، ދިވެހި މާނައާއިއެކު

އެޑްމިން

މާތްﷲގެ އިސްމުފުޅުތައް ކިޔުމާއި، ދަސްކުރުމުގެ މުޙިއްމުކަން

"އެންމެ ރިވެތި ނަންފުޅުތައް މިލްކު ވެގެންވަނީ މާތްﷲއަށެވެ. ފަހެ، އެ ނަންފުޅުތަކުން ތިޔަބައިމީހުން އެކަލާނގެ ޙަޟްރަތަށް ދުޢާ ކުރާށެވެ! އަދި އެކަލާނގެ ނަންފުޅުތަކާމެދު، ޙައްޤު މަގުން އެއްކިބާވެ އުޅޭ މީހުން، ތިޔަބައިމީހުން ދޫކޮށްލާށެވެ! އެއުރެން ކޮށްއުޅުނު ކަންތަކަށް އެއުރެންނަށް ޖަޒާ ދެއްވާހުއްޓެވެ" ސޫރަތުލް އަޢުރާފް: 180 ވަނަ އާޔަތުގެ ދިވެހިތަރުޖަމާ.

"ﷲއީ، އެކަލާނގެ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވާ ރަސްކަލާނގެއެވެ. އެންމެ ރިވެތި އިސްމުފުޅުތައް މިލްކުވެގެންވަނީ، އެކަލާނގެއަށެވެ". ސޫރަތުއް ޠާޙާ: 08 ވަނަ އާޔަތުގެ ދިވެހިތަރުޖަމާ.

"އެކަލާނގެއީ ﷲއެވެ. ހުރިހާ އެއްޗެއް ހައްދަވާ ރަސްކަލާނގެއެވެ. ހުރިހާ އެއްޗެއް އުފައްދަވާ ރަސްކަލާނގެއެވެ. ޞޫރަ ކުރައްވާ ރަސްކަލާނގެއެވެ. އެންމެހާ ރިވެތި ނަންފުޅުތައް މިލްކުވެގެންވަނީ، އެކަލާނގެއަށެވެ. އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް އެކަލާނގެއަށް ތަޞްބީޙަ ދަންނަވަތެވެ. އަދި އެކަލާނގެއީ، ޢަޒީޒްވަންތަ، ޙަކީމްވަންތަ ރަސްކަލާނގެއެވެ." ސޫރަތުލް ޙަޝްރު: 24 ވަނަ އާޔަތުގެ ދިވެހިތަރުޖަމާ.

ކީރިތި ރަސޫލާ ﷺ ޙަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ.

"މާތްﷲ އަށް 99 ނަންފުޅެއް ވެއެވެ. މާތްﷲގެ އިސްމުފުޅުތައް ހިތުދަސްކޮށްފިމީހަކު ސުވަރުގެއަށް ވަދެފިއެވެ" ސަޙީޙުލް ބުޚާރީ.

ތިރީގައި މިވަނީ، މާތް ﷲ ގެ އޮނަސައްތަ އިސްމުފުޅެވެ.

1. الرَّحْمَنُ ރަޙްމާނުވަންތަ ރަސްކަލާނގެ

2. الرَّحِيْمُ ރަޙީމުވަންތަ ރަސްކަލާނގެ

3. الـمَلِكُ ރަސްވަންތަ ރަސްކަލާނގެ

4. القُدُّوْسُ ހުސްޠާހިރުވަންތަ ރަސްކަލާނގެ

5. السَّلَامُ ސަލާމަތްކަން ދެއްވާ ރަސްކަލާނގެ

6. الـمُؤْمِنُ އަމާންކަން ދެއްވާ ރަސްކަލާނގެ

7. الـمُـهَيْمِنُ ބާރު ހިންގަވާ ރަސްކަލާނގެ

8. العَزِيْزُ އަރަހުށި ރަސްކަލާނގެ

9. الـجَبَّارُ ބަލިކަށިކަމެއް ނެތް މަތިވެރި ރަސްކަލާނގެ

10. الـمُتَكَبِّرُ އެފަދައެއް ނެތް މަތިވެރި ރަސްކަލާނގެ

11. الـخَالِقُ އުފައްދަވާ ރަސްކަލާނގެ

12. البَارِئُ އިސްވެދިޔަ މިސާލަކާ ނުލައި އުފައްދަވާ ރަސްކަލާނގެ

13. الـمُصَوِّرُ ބުރުސޫރަކުރައްވާ ރަސްކަލާނގެ

14. الغَفَّارُ ގިނަގިނައިން ފާފަ ފުއްސަވާ ރަސްކަލާނގެ

15. القَهَّارُ ބަލިކަށިކުރައްވާ ރަސްކަލާނގެ

16. الوَهَّابُ ދީލަތިކަމާއެކު ދެއްވާ ރަސްކަލާނގެ

17. الرَّزَّاقُ ގިނަގިނައިން ރޯދި ދެއްވާ ރަސްކަލާނގެ

18. الفَتَّاحُ ރަޙުމަތާއި ރޯދީގެ ދޮރުތައް ހުޅުއްވާދެއްވާ ރަސްކަލާނގެ

19. العَلِيْمُ ސިއްރާއި ފާޅު ދެނެވޮޑިގެންވާ ރަސްކަލާނގެ

20. القَابِضُ ފުރާނަތައް ހިއްޕަވާ ރަސްކަލާނގެ

21. البَاسِطُ ރަޙުމަތާއި ދަރުމަ ފަތުރުއްވަވާ ރަސްކަލާނގެ

22. الـخَافِضُ ދަށްކުރައްވާ ރަސްކަލާނގެ

23. الرَّافِعُ މަތިވެރިކުރައްވާ ރަސްކަލާނގެ

24. الـمُعِزُّ ޢިއްޒަތްތެރިކުރައްވާ ރަސްކަލާނގެ

25. الـمُذِلُّ ނިކަމެތިކުރައްވާ ރަސްކަލާނގެ

26. السَّمِيْعُ އައްސަވާވޮޑިގެންވާ ރަސްކަލާނގެ

27. البَصِيْرُ ބައްލަވާވޮޑިގެންވާ ރަސްކަލާނގެ

28. الـحَكَمُ ޙުކުމްކުރައްވާ ރަސްކަލާނގެ

29. العَدْلُ ޢަދުލުވަންތަ ރަސްކަލާނގެ

30. اللَّطِيْفُ ނާޒުކުވަންތަ ރަސްކަލާނގެ

31. الـخَبِيْرُ ޚަބަރުތައް ދެނެވޮޑިގެންވާ ރަސްކަލާނގެ

32. الـحَلِيْمُ ކޯފާ މަޑު ރަސްކަލާނގެ

33. العَظِيْمُ މާތް ރަސްކަލާނގެ

34. الغَفُوْرُ ފާފަ ފުއްސަވާ ރަސްކަލާނގެ

35. الشَّكُوْرُ ޝުކުރު ދެމިވޮޑިގެންވާ ރަސްކަލާނގެ

36. العَلِيُّ މަތިވެރިވަންތަ ރަސްކަލާނގެ

37. الكَبِيْرُ މަތިވެރިކަން ބޮޑު ރަސްކަލާނގެ

38. الـحَفِيْظُ ރައްކާތެރިކުރައްވާ ރަސްކަލާނގެ

39. الـمُغِيْثُ މުޞީބާތްތަކުން ސަލާމަތްކުރައްވާ ރަސްކަލާނގެ

40. الـحَسِيْبُ ޙިސާބު ބައްލަވާ ރަސްކަލާނގެ

41. الـجَلِيْلُ އައުދާނަވަންތަ ރަސްކަލާނގެ

42. الكَرِيـْمُ ދީލަތިވަންތަ ރަސްކަލާނގެ

43. الرَقِيْبُ ޣާފިލުވެވޮޑިގެން ނުވާ ރަސްކަލާނގެ

44. الـمُجِيْبُ އިޖާބަދެއްވާ ރަސްކަލާނގެ

45. الوَاسِعُ ތަނަވަސްވަންތަ ރަސްކަލާނގެ

46. الـحَكِيْمُ ޙިކުމަތްވަންތަ ރަސްކަލާނގެ

47. الوَدُوْدُ ނުހަނު ބޮޑަށް ލޯބިވެވޮޑިގެންވާ ރަސްކަލާނގެ

48. الـمَجِيْدُ ޝަރަފު މަތިވެރި ރަސްކަލާނގެ

49. البَاعِثُ އަލުން ދިރުއްވާ ރަސްކަލާނގެ

50. الشَّهِيْدُ ހެކިވެވޮޑިގެންވާ ރަސްކަލާނގެ

51. الـحَقُّ ޙައްޤުވަންތަ ރަސްކަލާނގެ

52. الوَكِيْلُ ޙަވާލުވެވޮޑިގެންވާ ރަސްކަލާނގެ

53. القَوِيُّ ބާރުވެރި ރަސްކަލާނގެ

54. الـمَتِيْنُ ގަދަފަދަވަންތަ ރަސްކަލާނގެ

55. الوَلِيُّ ބައްލަވައި ބަލަހައްޓަވާ ރަސްކަލާނގެ

56. الـحَمِيْدُ ޙަމްދު ލިބިވޮޑިގެންވާ ރަސްކަލާނގެ

57. الـمُحْصِي ޢަދަދުކުރައްވާ ރަސްކަލާނގެ

58. الـمُبْدِئُ ފެށުމެއް ނެތި ވޮޑިގެންވާ ރަސްކަލާނގެ

59. الـمُعِيْدُ ރުޖޫޢަކުރައްވާ ރަސްކަލާނގެ

60. الـمُحْيِي ދިރުއްވަވާ ރަސްކަލާނގެ

61. الـمُمِيْتُ މަރުގަންނަވާ ރަސްކަލާނގެ

62. الـحَيُّ ދިރިދެމިވޮޑިގެންވާ ރަސްކަލާނގެ

63. القَيُّوْمُ ހުރިހާ ކަމެއް ހިންގަވާ ރަސްކަލާނގެ

64. الوَاجِدُ ހުރިހާ އެއްޗެއްގެ ވެރި ރަސްކަލާނގެ

65. الـمَاجِدُ މަތިވެރިވަންތަ ރަސްކަލާނގެ

66. الوَاحِدُ އެއްކައުވަންތަކަމުގައި ލާމަސީލު ރަސްކަލާނގެ

67. الأَحَدُ އެއްކައުވަންތަ ރަސްކަލާނގެ

68. الصَّمَدُ އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންވެގެންވާ، އަދި އެއްވެސް އެއްޗަކަށް އެކަލާނގެ ބޭނުންވެވޮޑިގެން ނުވާ ރަސްކަލާނގެ

69. القَادِرُ ކުޅަދުންވަންތަ ރަސްކަލާނގެ

70. الـمُقْتَدِرُ ކުޅަދުންވަންތަކަން ފާޅުކުރައްވާ ރަސްކަލާނގެ

71. الـمُقَدِّمُ އިސްކުރައްވާ ރަސްކަލާނގެ

72. الـمُؤَخِّرُ ފަސްކުރައްވާ ރަސްކަލާނގެ

73. الأَوَّلُ ފެށުމެއް ނެތް ރަސްކަލާނގެ

74. الآخِرُ ނިމުމެއް ނެތް ރަސްކަލާނގެ

75. الظَّاهِرُ ފާޅުވެވޮޑިގެންވާ ރަސްކަލާނގެ

76. البَاطِنُ ވަންހަނާވެވޮޑިގެންވާ ރަސްކަލާނގެ

77. الوَالِي ވެރި ރަސްކަލާނގެ

78. الـمُتَعَالِي ކީރިތިވަންތަ ރަސްކަލާނގެ

79. البَرُّ ހެޔޮފުޅުވަންތަ ރަސްކަލާނގެ

80. التَوَّابُ ތައުބާ ޤަބޫލުކުރައްވާ ރަސްކަލާނގެ

81. الـمُنْتَقِمُ ބަދަލުހިއްޕަވާ ރަސްކަލާނގެ

82. العَفُوُّ ޢަފޫކުރައްވާ ރަސްކަލާނގެ

83. الرَّؤُوْفُ އޯގާވަންތަ ރަސްކަލާނގެ

84. مَالِكُ اْلـمُلْكِ މަލަކޫތުވަންތަ ރަސްކަލާނގެ

85. ذُواْلـجَلَالِ وَاْلإِكْرَامِ ގަދަ ކީރިތިވަންތަ ރަސްކަލާނގެ

86. الـمُقْسِطُ އިންޞާފުވަންތަ ރަސްކަލާނގެ

87. الـجَامِعُ ޖަމާކުރައްވާ ރަސްކަލާނގެ

88. الغَنِيُّ ފުދިވޮޑިގެންވާ ރަސްކަލާނގެ

89. الـمُـغْنِي ފުދުންތެރިކުރައްވާ ރަސްކަލާނގެ

90. الـمَانِعُ ޙިމާޔަތް ދެއްވާ ރަސްކަލާނގެ

91. الضَّارُّ ގެއްލުން މިންވަރުކުރައްވާ ރަސްކަލާނގެ

92. النَّافِعُ ފައިދާ މިންވަރުކުރައްވާ ރަސްކަލާނގެ

93. النُّوْرُ ނޫރު ދެއްވާ ރަސްކަލާނގެ

94. الـهَادِي ހިދާޔަތް ދެއްވާ ރަސްކަލާނގެ

95. البَدِيْعُ އަލަށް އީޖާދުކުރައްވާ ރަސްކަލާނގެ

96. البَاقِي ދެމިވޮޑިގެންވާ ރަސްކަލާނގެ

97. الوَارِثُ ވާރުތަވަންތަ ރަސްކަލާނގެ

98. الرَّشِيْدُ އެންމެ މޮޅަށް ހިންގަވާ ރަސްކަލާނގެ

99. الصَّبُوْرُ ކެތްތެރިވަންތަ ރަސްކަލާނގެ

މާތް ﷲ ގެ އިސްމުފުޅަކުން ކުއްޖަކަށް ނަންކިޔާ ކަމަށްވަނީނަމަ، އެ ނަންފުޅުގެ ކުރިއަށް (عَـبْـدُ) އިތުރުކުރަންޖެހެއެވެ.

މިއީ، ޢަބްދުލް މުޢީދު ޙަސަން ފޭސްބުކް ޓައިމްލައިންގައި ޕޯސްޓްކޮށްފައިވާ ލިޔުމެކެވެ. 

ކޮމެންޓް

ގުޅޭ ލިޔުންތައް