ދަމުނަމާދާއިގުޅޭ ބައެއް ސުވާލާއި އޭގެ ޖަވާބު

އެޑްމިން

ސުވާލު: 01

ދަމުނަމާދަށް ނިޔަތްގަންނާނީ ކިހިނެއް؟ އަދި ދަމުނަމާދު ކުރާގޮތް އޮޅުން ފިލުވައިދެއްވާ؟

ޖަވާބު:

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ދަމުނަމާދު ކުރަން އެންމެ ރަގަޅީ ރޭގަޑު ގެ ފަހު ތިންބަޔަށް އެޅުމުންނެވެ. ރަސޫލް -ޞައްލަﷲ އަލައިހި ވަސައްލަމް- ގެ ޙަދީޘް އެއްގެ މާނާގައިވެއެވެ. "ރޭގަނޑުގެ ފަހު ތިންބަޔަށް އެޅުމުން މާތް ﷲ ދުނިޔޭގެ އުޑަށްފައިބައިވަޑައިގަންނަވައެވެ. އަދި ދަންނަވައެވެ. ތިމަން ﷲ އަށް ދުޢާ ކުރަނީ ކާކުތޯއެވެ؟ އެމީހެއްގެ ދުޢާ އިޖާބަ ކޮށްދެއްވާ ހުށީމެވެ. ތިމަން ﷲ އަށް ކަމަކަށް އެދި ދަންނަވަނީ ކާކުތޯއެވެ؟ އެމީހަކަށް އެކަމެއް ދެއްވާހުށީމެވެ. ފާފަފުއްސަވައިދެއްވުން އެދި ދަންނަވަނީ ކާކުތޯއެވެ؟ އެމީހެއްގެ ފާފަ ފުއްސަވާދެއްވާ ހުށީމެވެ". މިގޮތުގައި ފަޖުރުލުމާއި ހަމަ އަށް މާތް ﷲ ވޮޑިގެންވެ އެވެ.

އަދިވެސް އެހެން ޙަދީޘް އެއްގައިވެ އެވެ. "ރޭގަނޑުގައި ވަގުތެއްވެ އެވެ. އެވަގުތެއްގައި ދުނިޔެ އާއި އާޚިރަތުގެ ހެވަށް އެދި މުސްލިމަކު ދުޢާކޮށްފިނަމަ މާތް ﷲ އެދުޢާ އެއް އިޖާބަ ކޮށްދެއްވާނެއެވެ. މިވަގުތުކޮޅު ކޮންމެ ރެއެއްގައިވެސްވެ އެވެ.

އަދިވެސް ރިވާވެގެންވެ އެވެ. "ﷲ އާއި އަޅާ އެންމެބޮޑަށް ކުއްތަންވެވޭނީ ރޭގަނޑުގެ އެންމެފަހު ދަމަށް އެޅުމުންނެވެ. އެގަޑީގައި މާތް ﷲ ގެ ޛިކުރު ކުރުމުގެ ކުޅަދާނަކަން ލިބިގެންވާމީހާ އެކަންކުރާހުށިކަމެވެ."

ދަމުނަމާދުގެ އެންމެ ކުރު މިންވަރަކި ދެރަކްޢަތެވެ. ގޭގައި އެކަނި ކުރުމަކުން މައްސަލައެއް ނެތެވެ.

މި ނަމާދުކުރަން އެންމެ ރަގަޅީ ނިދާލާފައި ތެދުވެ، ރޭގަޑުގެ ފަހު ތިންބަޔަށް އެޅުމުންނެވެ. ދަމުނަމާދު ކުރަމޭ ހިތަށް އެރުވުމަށްފަހުގައި ނަމާދުކުރަން ފަށާނީ އެވެ.

މިނަމާދުގައި ކިޔުމަށް ވަކި ދުޢާ އެއް ވާރިދުވެފަ އެއް ނުވެއެވެ. އެހެންނަމަވެސް މިވަގުތަކީ ދުޢާ ކުރުމަށް މޮޅުއިތުރު ގަޑި އެއް ކަމުން ބޭނުން ކޮންމެ ކަމަކަށްވެސް އެދި ދަންނަވަން ވީއެވެ.

ދަމު ނަމާދު ކުރަމޭ ހިތަށް އެރުވުމުން ނިޔަތަކަށް ފުދޭނެއެވެ. والله أعلم

ސުވާލު: 02

ދަމުނަމާދު ކުރާނެ އެންމެ ރަނގަޅު ވަގުތަކީ ކޮބައިތޯ؟

ޖަވާބު:

بــســــــــــــــم اللّـه. الحمد للّـه وحده والصلاة والسلام على من لا نبي بعده.

އެއްވެސް ޝައްކެއް ނެތްގޮތުގައި ރޭގަނޑުގެ ފުރަތަމަކޮޅަށްވުރެ ފަހުކޮޅު މާތްވެގެންވެއެވެ. އެއީ ރޭގަނޑުގެ ފަހުބައެވެ. ރޭގަނޑު ތިންބައިކޮށްފައި ފަހުބައެވެ. އެއީ ޢާލަމްތަކުގެ ވެރި އިލާހު އެއިލާހުގެ ޛާތުފުޅާއި އެކަށީގެންވާގޮތަކަށް ދުނިޔޭގެ އުޑަށް ނުޒޫލުވެ ވޮޑިގަންނަވާ ވަގުތެވެ. އަދި އެއިލާހުގެ އަޅުންނަށް މިފަދައިން ވަޙީ ކުރައްވާ ވަގުތެވެ. (( ފާފަ ފުއްސެވުމަށް އެދޭ މީހަކު ވޭހެއްޔެވެ؟ ފަހެ ތިމަން އިލާހު އެމީހަކަށް ފާފަފުއްސަވާ ދެއްވާހުށީމެވެ. ތައުބާ ވާ މީހަކު ވޭހެއްޔެވެ؟ ފަހެ ތިމަންއިލާހު އެމީހަކަށް ތައުބާ ލައްވާހުށީމެވެ. ކަމަކަށް އެދި ދަންނަވާމީހަކު ވޭހެއްޔެވެ؟ ފަހެ ތިމަންއިލާހު އެމީހަކު އެދޭކަމެއް އެމީހަކަށް ދެއްވާހުށީމެވެ.)) ފަހެ މީހާއަށް ރޭގަނޑުގެ ފަހުބައިގައި ނަމާދު ކުރުމަށް ބުރަވެއްޖެ ނަމަ ރޭގަނޑުގެ ކުރީކޮޅުންވިޔަސް އޭނާއަށް ފަސޭހަ ވަގުތެއްގައި ދަމުނަމާދު ކުރާނީއެވެ.والله أعلم.

ސުވާލު: 03

ދަމުނަމާދަށް ނިޔަތްގަންނާނީ ކިހިނެއް؟ އަދި ދަމުނަމާދު ކުރާގޮތް އޮޅުން ފިލުވައިދެއްވާ؟

ޖަވާބު:

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ދަމުނަމާދު ކުރަން އެންމެ ރަގަޅީ ރޭގަޑު ގެ ފަހު ތިންބަޔަށް އެޅުމުންނެވެ. ރަސޫލް -ޞައްލަﷲ އަލައިހި ވަސައްލަމް- ގެ ޙަދީޘް އެއްގެ މާނާގައިވެއެވެ. "ރޭގަނޑުގެ ފަހު ތިންބަޔަށް އެޅުމުން މާތް ﷲ ދުނިޔޭގެ އުޑަށްފައިބައިވަޑައިގަންނަވައެވެ. އަދި ދަންނަވައެވެ. ތިމަން ﷲ އަށް ދުޢާ ކުރަނީ ކާކުތޯއެވެ؟ އެމީހެއްގެ ދުޢާ އިޖާބަ ކޮށްދެއްވާ ހުށީމެވެ. ތިމަން ﷲ އަށް ކަމަކަށް އެދި ދަންނަވަނީ ކާކުތޯއެވެ؟ އެމީހަކަށް އެކަމެއް ދެއްވާހުށީމެވެ. ފާފަފުއްސަވައިދެއްވުން އެދި ދަންނަވަނީ ކާކުތޯއެވެ؟ އެމީހެއްގެ ފާފަ ފުއްސަވާދެއްވާ ހުށީމެވެ". މިގޮތުގައި ފަޖުރުލުމާއި ހަމަ އަށް މާތް ﷲ ވޮޑިގެންވެ އެވެ.

އަދިވެސް އެހެން ޙަދީޘް އެއްގައިވެ އެވެ. "ރޭގަނޑުގައި ވަގުތެއްވެ އެވެ. އެވަގުތެއްގައި ދުނިޔެ އާއި އާޚިރަތުގެ ހެވަށް އެދި މުސްލިމަކު ދުޢާކޮށްފިނަމަ މާތް ﷲ އެދުޢާ އެއް އިޖާބަ ކޮށްދެއްވާނެއެވެ. މިވަގުތުކޮޅު ކޮންމެ ރެއެއްގައިވެސްވެ އެވެ.

އަދިވެސް ރިވާވެގެންވެ އެވެ. "ﷲ އާއި އަޅާ އެންމެބޮޑަށް ކުއްތަންވެވޭނީ ރޭގަނޑުގެ އެންމެފަހު ދަމަށް އެޅުމުންނެވެ. އެގަޑީގައި މާތް ﷲ ގެ ޛިކުރު ކުރުމުގެ ކުޅަދާނަކަން ލިބިގެންވާމީހާ އެކަންކުރާހުށިކަމެވެ."

ދަމުނަމާދުގެ އެންމެ ކުރު މިންވަރަކި ދެރަކްޢަތެވެ. ގޭގައި އެކަނި ކުރުމަކުން މައްސަލައެއް ނެތެވެ.

މި ނަމާދުކުރަން އެންމެ ރަގަޅީ ނިދާލާފައި ތެދުވެ، ރޭގަޑުގެ ފަހު ތިންބަޔަށް އެޅުމުންނެވެ. ދަމުނަމާދު ކުރަމޭ ހިތަށް އެރުވުމަށްފަހުގައި ނަމާދުކުރަން ފަށާނީ އެވެ.

މިނަމާދުގައި ކިޔުމަށް ވަކި ދުޢާ އެއް ވާރިދުވެފަ އެއް ނުވެއެވެ. އެހެންނަމަވެސް މިވަގުތަކީ ދުޢާ ކުރުމަށް މޮޅުއިތުރު ގަޑި އެއް ކަމުން ބޭނުން ކޮންމެ ކަމަކަށްވެސް އެދި ދަންނަވަން ވީއެވެ.

ދަމު ނަމާދު ކުރަމޭ ހިތަށް އެރުވުމުން ނިޔަތަކަށް ފުދޭނެއެވެ. والله أعلم

ޖަވާބު ދެއްވީ:

އައްޝައިޚް މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް

ކޮމެންޓް

ގުޅޭ ލިޔުންތައް