ތަރާވީޙް ނަމާދާއި ރޭއަޅުކަންކުރުން (އައްޝައިޚް ޢަބްދުއްސަލާމް ދާއޫދު)
1- ތަރާވީޙް ނަމާދަކީ ރޭ އަޅުކަން
2- ރޭ އަޅުކަމުގެ ވަގުތަކީ ޢިޝާނަމާދަށްފަހު ފަތިސް ވުމާ ހަމަޔަށް
3- ރޭ އަޅުކަމުގެ އެންމެ މާތް ވަގުތަކީ ރޭގަނޑުގެ ތިންބައިން ފަހުބައި ، އެކަމަކު ޚާއްޞަކޮށް ރަމަޟާންމަހު މައިރާވެސް ކުރެވޭނެ
4- ސުންނަތުން ސާބިތުވާ އެންމެ މޮޅުއިތުރު ޢަދަކީ 11 ރަކްޢަތް (2+2+2+2 ދެން ވިތުރި 2+1)
5- ރޭ އަޅުކަމަކީ ސުންނަތް ނަމާދެއް ކަމުން 11 ރަކްޢަތަށް ވުރެ މަދުންވެސް ކުރެވިދާނެ
6- ރޭ އަޅުކަމުގަ ކިޔަވަން އޮންނަ ވަކިވަރެއް ނުވަތަ ވަކިސޫރަތްތަކެއް ނެތް
7- ވިތުރީގެ ފުރަތަމަ ރަކްޢަތުގައި އަޢްލާ ސޫރަތް ދެވަނަ ރަކްޢަތުގައި ކާފިރޫން ސޫރަތް ތިންވަނަ ރަކްޢަތުގައި އިޚްލާޞް ސޫރަތް ކިޔެވުން ސުންނަތް ވެގެންވޭ މިނޫން ސުރަތްތައް ވެސް ކިޔެވިދާނެ
8- ވިތުރީގެ ފަހު ރަކްޢަތުގެ ރުކޫޢަށް ފަހު ޤުނޫތުކިޔުން ސުންނަތް ވެގެންވޭ ނުކިޔާ ދޫކޮށްވެސް ލެވިދާނެ
9- ޚާއްޞަކޮށް ރަމަޟާންމަހު ޖަމާޢަތުގަ ނުވަތަ އެކަނިހުރެ ވެސް ރޭ އަޅުކަން ކުރެވޭނެ
10- ރަމަޟާންމަހަށް ވިލޭ ފުރަތަމަ ރެއިން ފެށިގެން ތަރާވީޙް ނަމާދުކުރާނެ
11- މައިރު އެއްބައި ކޮށްފަ ދަންވަރު އަނެއްބައި ކުރާގޮތަށް ވެސް ކުރެވޭނެ
12- ރަމަޟާންމަހު ނޫނަސް ރޭ އަޅުކަމަކީ ސުންނަތްކަން ގަދަވެގެންވާ ނަމާދެއް
----------------------------------------------------------------
ތަރާވީޙް ނަމާދުގައި . . . (އައްޝައިޚް މުޙައްމަދު ޝާފިޢު)
↲ ކިޔެވުމަށް ވަކި ސޫރަތެއް ވާރިދުވެފައި ނުވެއެވެ.
↲ ޚަތިމުކުރަންވެސް ކިޔެވިދާނެއެވެ.
↲ ޢައްމާ ފޮތްވެސް ކިޔެވިދާނެއެވެ.
↲ ޟުޙާ ސޫރަތުން ފެށިގެންވެސް ކިޔެވިދާނެއެވެ.
↲ ބޭނުން ސޫރަތެއް ބޭނުން ހިސާބަކުން ފަށާގެން ކިޔެވިދާނެއެވެ.
↲ޤުރުއާން ކިޔެވުމުގައި ސުންނަތް ގޮތަކީ މުޞްޙަފުގައި ވާތަރުތީބުން މަތިން ތިރިއަށް ކިޔެވުމެވެ.
↲ބަޤަރާ ސޫރަތުން ތަންކޮޅެއް ކިޔާފަ އަނެއް ރަކްޢަތުގަ އިޚްލާޞް ސޫރަތް ކިޔެވިސް އެކިޔެވުނީ ތަރުތީބުންނެވެ.
↲ހިތުދަސްވެފައިވާ ސޫރަތްތައް ތަކުރާރުކޮށްވެސް ކިޔެވިދާނެއެވެ.
↲ހިތުދަސް ނޫން މީހާ މުޞްހަފު ނުވަތަ ފޯނު ބަލައިގެންވެސް ކިޔެވިދާނެއެވެ.
🤲 ތަރާވީޙު ނަމާދު:
↲މިސްކިތުގަ އަދި ގޭގަވެސް ކުރެވިދާނެއެވެ.
↲ޖަމާއަތް ހަދާގެންވެސް ކުރެވިދާނެއެވެ.
↲ޢިޝާނަމާދު ފަހުން އަދި ފަތިސް ނަމާދު ކުރިން ކޮންމެ ވަގުތުގައި ކުރެވިދާނެއެވެ.
↲ދެރަކްޢަތުން ދެރަކްޢަތުން ސަލާންދެމުން ކުރަންވީއެވެ.
↲ނިންމާފަ ކިޔުމަށް ޚާއްސަ ދުޢާއެއް ނޯވެއެވެ.
↲ސުންނަތާ އެންމެ ކައިރި ގޮތަކީ 8 ރަކްޢަތް އަދި ވިތުރީގެ 3 ރަކްޢަތްކުރުމެވެ.
ކޮމެންޓް
ގުޅޭ ލިޔުންތައް
4 years ago
4 years ago
5 years ago