މުސްލިމް އަޚާ އަދި އުޚުތާއެވެ! ބެލުންތައް ތިރިކުރުމާއިއެކު ޢިއްފަތްތެރިވާށެވެ!
އެޑްމިން
މުސްލިމް އުޚުތުންނޭވެ!
ކޮންމެ ފިރިހެނަކު ތިމާ ބޭނުންވުމަކީ ތިމާ ފަޚުރުވެރިވާންޖެހޭކަމެއް ނޫނެވެ. އަގުހެޔޮތަކެތި ގަންނާނެ މީހުން ގިނަވާނެއެވެ.
ތަޤުވާވެރި ފިރިހެނަކަށް ކައިވެނީގެ ތެރެއިން ނޫނީ ނުގަނެވޭފަދަ އަގުހުރި ޖަވާހިރަކަށްވާށެވެ.
އިންޝާﷲ!
އެއީ:
ތިބާއަކީ ކޮންމެ ފިރިހެނަކު ކުޅެން ހައްދަވާފައިވާ ކުޅޭކުޅޭ އެއްޗެއްވެސް ނޫނެވެ.
ކުޑަކުއްޖަކު ކުޅެ ނިމުމަށްފަހު ކުޅޭ އެއްޗެހިތައް އުކާލާފައި ދާފަދައިން، އެމީހުން ތިބާއާއިއެކު ކުޑަވަގުތުކޮޅެއް ހޭދަކުރުމަށްފަހު އެމީހުންގެ އެދުން ޙާޞިލްވުމުން ދޫކޮށްލާފައިދާނެއެވެ.
އަގުހެޔޮ އެންމެނަށްވެސް ޙާޞިލްކުރެވޭފަދަ މީހަކަށްވުމުން، ތިބާ އެކަމަށް ފަޚުރުވެރިނުވާށެވެ.
އަދި ފުރިހަމަ ޢިއްފަތްތެރި މުސްލިމް އަންހެނެއްގެ ގޮތުގައި ހުންނާށެވެ!
މުސްލިމް އަޚުންނޭވެ!
އަޚާއެވެ! އަހަރެން ހަމަ ހައިރާންވެއްޖެއެވެ! ތިބާގެ ނެތް ނަމަވެސް، ތިބާގެ ހަޔާތުގެ ބައިވެރިއަކަށް ހަދަން ބޭނުންވާ އަންހެނާގައި އަބުރުވެރިކަމާއި އިއްފަތްތެރިކަން ހުރުމަށް އެދެންހެއްޔެވެ؟
އެހެންކަމަށްވަނީ ނަމަ ހަމަ އެކަނބުލޭގެވެސް ތިބާގައި އެސިފަ ހުރުމަށް އެދޭނެއެވެ.
ތިބާގެ ނެތް ލަދުވެތިކަމާއި، އަބުރުވެރިކަން އެކަނބުލޭގެ ހުރުމަށް ތިބާ އެދެއެވެ.
ތިބާ އެކަނބުލޭގެ ހިލޭ ފިރިހެނުންނާއި މަޖާކޮށް ސަމާސާކޮށް ހަދަން ނޭދޭއިރު ތިބާ މުޅި ދުވާލުހަތަރުދަމު އަންހެންކުދިންނާއި މައްލަވަކުރަމުން ދުވަނީ ހެއްޔެވެ؟
މީހުން ޢާންމުކޮށް ދައްކަނީ އަންހެނުން ނިވާކުރަންޖެހޭ ވާހަކައާއި އެއީ އިއްފަތްތެރި ބަޔަކަށް ވުމުގެ ވާހަކައެވެ. ނަމަވެސް ކީރިތި ޤުރުޢާނުގައި އެކަނބަލުންނަށް ބެލުންތައް ތިރިކުރުމަށާއި، އިއްފަތްތެރިވުމަށް ޢަމުރުކުރެއްވި ނޫރު ސޫރަތުގައި ފިރިހެނުންނަށް ބެލުންތައް ތިރިކުރުމަށާއި އިއްފަތްތެރިވުމަށް އެކަނބަލުންގެ ކުރިން ޢަމުރުކުރައްވާފައިވާކަންވެސް ނޭގެނީހެއްޔެވެ؟
ނޫރު ސޫރަތުގެ 30 ވަނަ އާޔަތުގެ މާނައިގައިވެއެވެ.
"މުއުމިން ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި އެއުރެންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އެގޮތް އެއުރެންނަށްޓަކައި ، ޠާޙިރުކަން ބޮޑެވެ. ހަމަކަށަވަރުން ﷲއީ އެއުރެންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
ކޮމެންޓް
ގުޅޭ ލިޔުންތައް
2 years ago
2 years ago
4 years ago