މާތްﷲ ދެއްވާފައިވާ ފެނުމުގެ ނިޢުމަތަށްޓަކައި އެކަލާނގެއަށް ޝުކުރުވެރިވަންތޯ؟

އެޑްމިން

ލޮލަށް ފެނުމުން މަޙްރޫމްވެފައިވާ ކުޑަ ފިރިހެން ކުއްޖަކު އޭނަގެ ފައިމަތީގައި ބޮލުގައި އަޅާ ތޮތްޕެއް ބާއްވައިގެން ޢިމާރާތެއްގެ ސިޑިމަތީގައިއިނެވެ. އޭނާގެ ތޮފީގައި ލިޔެފައި އޮތް ލިޔުންކޮޅުގައިވަނީ "އަހަންނަކަށް ނުފެނެއެވެ. އަހަންނަށް އެހީވާށެވެ." މިފަދައިންނެވެ. އޭރު އެ ތޮފީގައި ހުރީ ވަރަށް މަދު ފައިސާ ފޮއްޗެކެވެ.

އެކުޑަ ފިރިހެން ކުއްޖާ އެގޮތުގައި އިންދާ އެތަނުން ދިޔަ މީހަކު އޭނާގެ ޖީބުން މަދު ފައިސާކޮޅެއް ނަގައި އެތޮތްޕަށް ލިއެވެ. އަދި އެކުއްޖާ ތޮފީގައި ހަރުކޮށްފައި އިން ކަރުދާސްކޮޅު ނައްޓާލުމަށްފަހު އޭގެ އަނެއްފުށުގައި އެހެން ލިޔުން ކޮޅެއް ލިޔެފައި، އެލިޔުން ފެންނާނެހެން ތޮފީގައި ހަރުކުރިއެވެ.

މާގިނައިރުތަކެއްނުވެ އެކުއްޖާ ހިފަހައްޓައިގެން އިން ތޮފީގެ ތެރެއަށް ގިނަ އަދަދަކަށް ފައިސާ މީހުންލަމުން ދިޔައެވެ. ލިޔުންކޮޅު ބަދަލުކުރި މީހާ އެދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި މިކުއްޖާއާއި ދިމާވިއެވެ. އަދި އޭނާގެ ފިޔަވަޅުގެ އަޑުއިވުމާއިއެކު ކުޑަކުއްޖާއަށް އެމީހާ ދެނެގަނެވުނެވެ. އަދި ޔަޤީންކޮށްލުމުގެ ގޮތުން ސުވާލުކޮށްލިއެވެ. "އަހަރެން ތޮފީގައި ލިޔެފައި އިން ލިޔުންކޮޅު ބަދަލުކުރި ބޭބެތަތީ؟ ކީކޭތަ ބޭބެ ލިޔުނީ؟"

"އަހަރެން އޭގައި ލިޔުނީ ހަމަ ޙަޤީގަތް. އަހަރެން ބަދަލުކޮށްލީ ހަމައެކަނި ލިޔެފައި އިން ޢިބާރާތްކޮޅު" އެމީހާ ޖަވާބުގައި ބުންޏެވެ.

އޭނާ ލިޔުނު ލިޔުންކޮޅުގައި ވަނީ "މިއަދަކީ ވަރަށް ހިތްގައިމު ދުވަހެކެވެ. އެކަމަކު އަހަރެންވަނީ މިދުވަސް ފެނުމުން މަޙްރޫމްވެފައެވެ."

ފުރަތަމަ ތޮފީގައި އިން ލިޔުމާއި ފަހުން ލިޔެފައިވާ ލިޔުމުގައި އެއްގޮތްކަމެއް ހުރިކަމަށް ޤަބޫލްކުރެވޭތޯ؟

އާނއެކެވެ. ދެ ލިޔުމުންވެސް އެނގެނީ އެކުއްޖާއަކީ ލޮލަށް ފެނުމުން މަޙްރޫމްވެފައިވާ ކުއްޖެއްކަމެވެ. ނަމަވެސް ފުރަތަމަ ލިޔުންކޮޅުގައި އެކަން ވަނީ ސަރީޙަ ބަހުން ދޭހަވާގޮތަށް ލިޔެފައެވެ. ދެވަނަ ލިޔުންކޮޅުގައި މީހުންނަށް މުޚާތަބުކޮށް ބުނަނީ އެމީހުން ލޮލަށް ނުފެންނަ ބައެއް ކަމަށް ނުވިކަމީ އެމީހުންގެ ނަޞީބުކަމަށް ދޭހަވާގޮތަށެވެ.

މާތްﷲ ޞުބުޙާނަޙޫ ވަތަޢާލާގެ ވަޙީބަސްފުޅުގެ މާނައިގައިވަނީ:

"އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި، އިވުމާއި، ފެނުމާއި، ހިތްތައް އުފެއްދެވި ރަސްކަލާނގެއެވެ. ތިޔަބައިމީހުން ޝުކުރުކުރަނީ ވަރަށްވެސް މަދުންނެވެ." (އަލްމުއުމިނޫން :78)

ތަރުޖަމާ: promote-islam.com

ކޮމެންޓް

ގުޅޭ ލިޔުންތައް