މާތްﷲ މެނުވީ އެހެން އެއްވެސް އިލާހަކުނުވެއެވެ.
އަދި މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާ އަދި އަޅާއެވެ.
މާތްﷲގެ އިސްމުފުޅުން ފަށަމެވެ. އަދި ބުނަމެވެ.
އަހަރެން މިދުނިޔޭގައިވާ ހުރިހާ އެއްޗަކަށްވުރެ މާތްﷲގެ ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ދެކެ ލޯބިވަމެވެ.
މާތްﷲ އާއި އެހެން ފަރާތެއް ޝަރީކް ކުރުމަކީ އިންސާނަކަށް ކުރެވޭނެ އެންމެ ބޮޑު ފާފައެވެ.
އަހަރެން މާތްﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަމެއް ނުކުރަމެވެ. އަދި ނުކުރާނަމެވެ.
---------*--------*---------*------------*---------*
އަހަންނަށް މަގުދައްކައިދޭ ފޮތެއް ކަމުގައިވާ ކީރިތި ޤްރުއާން ކޮންމެ ދުވަހަކުވެސް ކިޔަވަމެވެ.
އަހަރަކު އެއްފަހަރު އަންނަ ރަމަޟާންމަހު އަހަރެން ރޯދަހިފަމެވެ.
އަހަރެން މުސްލިމް އަޚަކާއި ނުވަތަ އުޚުތަކާއި ބައްދަލުވާހިނދު އިސްލާމީ ސަލާމުން ސަލާންކުރަމެވެ.
މާތްﷲގެ ރަޙްމަތްފުޅު އެދިގެން އަހަރެންގެ ތަނަވަސްކަމުން ބޭނުންޖެހިފައިވާ މީހުންނަށް އެހީވަމެވެ.
އަހަރެން އަބަދުވެސް ޢަމަލުތައް ބަހައްޓަނީ މާތްﷲ ބާވައިލެއްވި ކީރިތި ޤްރުއާނާއި، ރަސޫލާ (ޞޢވ) ސުންނަތާއި އެއްގޮތަށެވެ.
މާތްﷲގެ ވާގިފުޅާއިއެކު އަހަރެން ޙައްޖުގެ އަޅުކަން އަދާކުރަން ޤަސްތުކުރަމެވެ.
---------*--------*---------*------------*---------*
ޙަރާމާއި ޙަލާލް ކަންތައްތައް އަންގަވައިދެއްވަން މާތްﷲ ގިނަ ރަސޫލުންތަކެއް މިދުނިޔެއަށް ފޮނުއްވެވިއެވެ.
އަދި އެހުރިހާ ރަސޫލުންވެސް ފޮނުއްވިފައިވަނީ އެއްކަމަކަށް ޚާއްޞަކުރެވިގެންނެވެ.
އެއީ، މާތްﷲ އެއްކައުވަންތަކުރުމަށެވެ. މާތްﷲ ފިޔަވައި އެހެން އެއްވެސް އިލާހަކު ނުވާކަން އެންގެވުމަށެވެ.
އަހަރެން ނިދުމުގެ ކުރިން މާތްﷲއަށް ދުޢާކުރަމެވެ.
އަދި ހޭލެވުމާއިއެކު މާތްﷲއަށް ޝުކުރު ދަންނަވަމެވެ.
އަހަރެން އަޚާއަށް އެދޭކަމެއް މެނުވީ އަހަރެންގެ އަމިއްލަ ނަފުސަކަށްވެސް ނޭދެމެވެ.
އަހަރެން އަޅުކަން ކުރަނީ ހަމައެކަނި މާތްﷲއަށެވެ. އަދި ވާގިއެދެނީވެސް އެކަލާނގެ ޙަޟުރަތުންނެވެ.
ކޮންމެ ދުވަހަކު ކުރުމަށް ފަސް ނަމާދު އަހަރެންގެ މައްޗަށްވަނީ ފަރުޟުކުރެއްވިގެންނެވެ.
އަހަރެން މުސްލިމަކަށްވީތީ ފަޚުރުވެރިވާޙާލު ހެއްދެވިފަރާތަށް ޝުކުރުދަންނަވަމެވެ.
-----------------------------
ކޮމެންޓް
ގުޅޭ ލިޔުންތައް
2 years ago
2 years ago
4 years ago