އަހަންނަށް ބުނެދޭކަށް ނޭނގެއެވެ،
ފަށާނެ ހިސާބެއް ވެސް،
އަހަރެންގެ ދުލުން ބަޔާންކޮށްދޭކަށް ނޭނގެއެވެ،
ޣައްޒާގެ ހިތާމަވެރި ދިރިއުޅުމެވެ،
އަހަރެންގެ އިނގިލިތައް ހުއްޓުން އަރާފައިވާ ފަދައެވެ،
އެއިން އަހަރެންނަކަށް ނުލިޔެވެއެވެ،
ފިނިމޫސުމުގެ ސަބަބުން އިނގިލިތައް މިވަނީ ގަނޑުވެފައެވެ،
އަދި އަހަރެންގެ ސިކުނޑިއަށް މިވަނީ ކަނުއަނދިރިކަން ފެތުރިފައެވެ،
އޭގެ ސަބަބުން ޚިޔާލުތަކަށް އަލިކުރުމުގެ ކުޅަދާނަކަމެއް ނެތެވެ،
އާދަޔާޚިލާފު އިހުސާސް ތަކެކެވެ،
އެ ފުނޑުފުނޑުކޮށްލީ ފެށުމަށްޓަކައި ތައްޔާރުވި ތައްޔާރުވުމެވެ،
އެކަމަކު ފަށާނީ،
ޝަހީދުކޮށްލެވިފައިވާ އަހަރެމެންގެ ތުއްތު ތުއްތު ކުދިންގެ ވާހަކައިންނެވެ،
އެމީހުން އެތުއްތު މައުޞޫމް ކުދިންގެ ފުރާނަވަނީ ދުއްވާލާފައެވެ.
ސަބަބަކީ ނުރައްކާތެރި ބިޔަ ހަތިޔާރެވެ،
ގެއަށްދިން މިސައިލް ހަމަލާ ތަކަކަށް ފަހުގައެވެ،
އެތުއްތު ކުއްޖާ އެދިޔައީ ބައިބަޔަށް ވަކިވެގެންނެވެ،
އެބައިތައް އެއްކުރަން ޖެހުނީ ކަޅުފޮށްޓަކަށެވެ،
ނުވަތަ އަހަރެން ފަށާނީ،
ބިންތައް ފޭރިގަނެގެން ތިބި ޒަޔަނިސްޓުން ޝަހީދުކޮށްލި ޒުވާން ފިރިހެނުންގެ ވާހަކައިންނެވެ،
އެމީހުން އޭނާގެ ދިރިއުޅުން ފޭރިގަތީ އެއްވެސް ސަބަބެއްނެތިއެވެ،
އެހެންކަމުން އަހަރެން އެހީތެރިވާން ޖެހޭނެއެވެ،
އެއީ އޭނާގެ އަންހެނުންނާއި ދަރިންނަށެވެ،
ނުވަތަ އަހަރެން ފަށާނީ،
ސުންނާފަތި ކޮށްލި ގޭގެ ވާހަކައިންނެވެ،
އެއީ ދަންވަރު ވަގުތު ދިން ހަމަލާތަކެވެ،
އެއްވެސް އެއްޗެއް ގެއިން ބޭރަށްލުމަކާއި ނުލައެވެ،
ފިނި މޫސުމުގެ ފިނިކަން ވެރިވަމުން ދިޔަ ވަގުތެވެ،
ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ކުދިންނެވެ،
އެއާއި އެކު އެ މޫސުމުގެ ބޮޑުކަމާއި ހިތިކަމެވެ،
ނުވަތަ އަހަރެން ފަށާނީ،
ގަދަކަމުންކުރި ޙިސޯރުގެ ވާހަކައިންނެވެ،
ގިނަ އަހަރުތަކެއް ވަންދެންނެވެ،
އަށްއަހަރު ދުވަހުގެ ޙިސޯރެކެވެ،
ދިރިއުޅުމުގެ ހުރިހާ އަސާސްތަކެއް ނެތިކޮށްލާނެއެވެ،
ދޫކޮށްލާނެ އެއްވެސް ގޮތެއްނެތެވެ،
ތިބާގެ ތަޙުލީލެއް ބޭނުމެއްނޫނެވެ،
އެތާ މަޑުކުރުމަށްވުރެ މިތާ މަރުވުންވެސް މާރަނގަޅެވެ،
ދެކުނުގައިވާ އަހަރެންގެ ބޭބެއިންގެ ދޮރެވެ،
ހުރިހާ ދޮރެއް ވަނީ އަހަރެމެންނާއި ދިމާލަށް ބަންދުކުރެވިފައެވެ،
އެކަމަކު ﷲގެ ދޮރު ފިޔަވައެވެ،
އެދޮރެއް ދުވަހަކުވެސް ބަންދެއްނުވާނެެއެވެ،
ނުވަތަ އަހަރެން ފަށާނީ،
ގެއްލިފައިވާ ބާރުގެ ވާހަކައިންނެވެ،
ދުވާލެއްގެ ހަ ގަޑިއިރަކުން ނުފުދެއެވެ،
ތިބާ ބަނަސް ފިހުމަށެވެ،
ނުވަތަ ފެންވަރާލުމަށްޓަކައި ފެން ކެއްކުމަށެވެ،
އަހަންނާއެކު ލިޔުއްވާށެވެ،
ތެޔޮވަނީ ހުސްވެފައެވެ،
ފެންވަނީ ހުސްވެފައެވެ،
މަސައްކަތް ވަނީ ހުސްވެފައެވެ،
ގޭސް ވަނީ ހުސްވެފައެވެ،
ކާނާ ވަނީ ހުސްވެފައެވެ،
އަދި ދިރިއުޅުން ވަނީ ގެއްލިފައެވެ،
ޝަހީދުވީ މީހުން އެވަނީ ނިދާފައެވެ،
އިތުރު ވޭނެއް ތަޙަންމަލް ކުރުމެއް ނެތިއެވެ،
އަދި އަހަރެމެން އެދެން މިފަށަނީ،
ދުނިޔޭގެ އަޑިންނެވެ،
ނޫންނަމަ އޭގެ ބޭރުންނެވެ،
އަހަރެމެން މިހިނގަނީ ޝަހީދުވެފައި ތިބޭ ޙާލުގައެވެ،
އެބައެއްގެ ފުރާނަ ޝަހިދުވެފައިވާ މީހުންނެވެ،
އަދި ޝަހީދުވެފައި ވާ ހަށިތައް އަދިވެސް ހިނގައެވެ،
މަޑު ކުރަނީ ރޮކެޓެއް އައިސް މަރާލާނެ ވަގުތަކަށެވެ.
.............................................................
ޅެން: އަޙްމަދު މިޤްދާދު (ފަލަސްތީން) (Ahmed Miqdad (Palestine
ތަރުޖަމާކުރީ: މުޙައްމަދު އަބާން
ޗެކްކުރީ: އެޑްމިން
އަސްލު ބަސް: އިނގިރޭސި
ޅެމުގެ މަޤްޞަދު: ޣައްޒާގެ މިހާރުގެ ޙާލަތާއި ދުނިޔޭގެ މީހުން ކުށެއްނެތް ފަލަސްތީން ރައްޔިތުން ޝަހީދުކުރަމުންދާތަން ދެކި އެއްވެސް ފިޔަވަޅެއް ނާޅައި ތިބުމުން އެކަން މީހުންގެ ސަމާލުކަމަށް ގެނައުމަށް ހަދާފައިވާ ޅެމެއްކަމަށް އެފަރާތުން ބުނެއެވެ.
ކޮމެންޓް
ގުޅޭ ލިޔުންތައް
2 years ago
2 years ago
4 years ago