ޓެރަރިސްޓް ޔަހޫދީން ފަލަސްތީނުގެ 34 މުސްލިމުން ޝަހީދުކޮށްލައިފި

އެޑްމިން

ޓެރަރިސްޓް ޔަހޫދީން ފަލަސްތީނުގެ 34 މުސްލިމުން ޝަހީދުކޮށްލައި އަދި 100 އަށްވުރެ ގިނަ މުސްލިމުން ޝަހީދުކޮށްލައިފިއެވެ. މިހަމަލާތައް ބަދަލުކުރަމުންދާތާ މިހާރުމިއީ 03 ވަނަ ދުވަހެވެ.

އިސްރާއީލާއި ޣައްޒާގެ މުޖާހިދުންނާއި ދެމެދު ހަމަލާތައް ބަދަލުކުރަން ފެށީ އިސްލާމިކް ޖިހާދުގެ ކޮމާންޑަރެއް ކަމަށްވާ އަބޫ އަލް-އަތާ ޝަހީދުކޮށްލުމުންނެވެ. އޭނާ ޝަހީދުވީ އޭނާގެ ގޭގައި ހުއްޓާ އިސްރާއީލުން ދިން ހަމަލާއެއްގައެވެ. އަބޫ އަލް-އަތާގެ މަރުގެ ބަދަލުހިފަން އިސްލަމިކް ޖިހާދުން ގެންދަނީ މެދުކެނޑުމެއްނެތި އިސްރާއީލަށް ރޮކެޓް ހަމަލާތައް ދެމުންނެވެ.

އިސްލާމިކް ޖިހާދުން އިސްރާއީލާ ދެކޮޅަށް ހަނގުރާމަ އިއުލާނު ކުރި ފަހުން ހަމަލާތައް ބަދަލުކުރުން އަދިވެސް ދަނީ ކުރިޔަށް. ޣައްޒާގެ މުޖާހިދުން ގެންދަނީ ހުއްޓުމެއް ނެގި އިސްރާއީލަށް ރޮކެޓް ހަމަލާތައް ދެމުން. އިސްރާއީލުން ވެސް ގެންދަނީ މެދުކެނޑުމެއް ނެތި ޣައްޒާއަށް ވައިގެ މަގުން ހަމަލާތައް ދެމުން. މި ހަމަލާތަކުގައި ފަލަސްތީނުގެ ގިނަ ބަޔަކު ވަނީ ޝަހީދުވެފައި.

މުސްލިމުންގެ ތިން ވަނަ އެންމެ މާތް މިސްކިތް ހުންނަ ގުދުސްއަކީ އިސްރާއީލުން ފޭރިގެންފައިވާ ބިމެއް.

"އަޅުގަނޑުމެން ޝަރުތުތަކެއް ކަނޑައެޅިން. އިސްރާއީލުން ގަބޫލުކޮށްފިނަމަ އަހަރުމެން ހަނގުރާނަމ ހުއްޓާލާނަން". އިސްލާމިކް ޖިހާދުގެ ޒައިދު ވިދާޅުވިއެވެ.

އިސްލާމިކް ޖިހާދުން ހުށަހެޅި ބައެއް މުހިންމު ޝަރުތުތައް:

1- އިސްރާއީލުން ޣައްޒާ އާއި ވެސްޓްބޭންކްގައި މީހުން ގަތުލުކުރުން ހުއްޓަލުން

2- ޣައްޒާ ރައްޔިތުން ކޮންމެ ހުކުރު ދުވަހެއްގައި ކުރާ މުޒާހަރާތަކުގައި ކުށެއް ނެތް އާއްމުންނަށް ހަމަލާދިނުން ހުއްޓާލުން.

3- މީގެ ކުރިން ހަމަލާ ބަދަލު ކުރުން ހުއްޓާލިއިރު، އެއްބަސްވެފައި ހުރި ކަންތައްތަކަށް އަމަލު ކުރަން ފެށުން.


ފަލަސްތީނުގެ މުސްލިމުންނަށް ނަޞްރުދެއްވުން އެދި ދުޢަކުރައްވާ!

ކޮމެންޓް

ގުޅޭ ލިޔުންތައް