51 ދުވަސްވަންދެން ޣައްޒާގައި އިސްރާޢީލުން ހިންގި ޤަޠުލުޢާންމުގެ ތަފާސްހިސާބު

އެޑްމިން

ތިރީގައިމިވަނީ 51 ދުވަސްވަންދެން ޣައްޒާގައި އިސްރާޢީލުން ހިންގި ޤަޠުލުޢާންމު (8 ޖުލައި 2014 އިން 26 އޮގަސްޓްއަށް)ގެ ތަފާސްހިސާބު ރަސްމީ ލިޔެކިޔުންތަކުން ދައްކާގޮތެވެ.

ޖުމްލަ ފަލަސްތީނީން ޝަހީދުވި ޢަދަދު: 2139

ފަލަސްތީނުގެ މުޖާހިދުން ޝަހީދުވި: 677

ފަލަސްތީންގެ ޢާންމުން ޝަހީދުވި: 1462

ފަލަސްތީންގެ ކުޑަކުދިން ޝަހީދުވި: 494

ފަލަސްތީން އަންހެނުން ޝަހީދުވި: 253

ޙަމަލާތަކުގައި ފަލަސްތީންއިން ޒަޚަމްވި: 11،000

ފަލަސްތީން ކުޑަކުދިން ޒަޚަމްވި: 3،000

ދާޢިމީކޮށް ނުކުޅެދިފައިވާ ފަލަސްތީން ކުޑަކުދިން: +1000

ޣައްޒާއިން ގެދޮރު ދިރިނޫޅެވޭ ވަރަށް ހަލާކުވި: 20،000

ޣައްޒާއިން ބޮޑެތި ގެއްލުން ލިބިފައިވާ ގެދޮރު: 9،151

ކުދިގެއްލުން ލިބިފައިވާ ގެދޮރު: 124،782

ފަލަސްތީންއިން ގެދޮރު ގެއްލިފައިވާ މީހުންގެ ޢަދަދު: +500،000 (ޣައްޒާގެ އާބާދީގެ %30 އަށްވުރެމަތި)

ސިއްޙީ ޚިދުމަތްދޭ ތަންތަން ހަލާކުވި: 34

މިސްކިތްތައް ހަލާކުވި: 181

ނަޞާރާއިން އަޅުކަންކުރާ ފައްޅި: 1

ހަލާކުވެފައިވާ ބެންކް: 4

ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ސްކޫލް: 116

ބޮންއަޅާފައިވާ ސްކޫލްގެ ޢަދަދު: 279

ޔުނިވާރސިޓީތަކުގެ ޢަދަދު: 06

ފަލަސްތީނުގެ ޣައްޒާއަށް މިވަރަށް ގެއްލުން ލިބިފައިވާއިރު ރައްދުގައި ފަލަސްތީނުގެ މުޖާހިދުން ދިން ޙަމަލާތަކުން އިސްރާޢީލަށް ލިބުނު ގެއްލުމަށްވެސް ބައްލަވާ ލައްވާށެވެ.

އިސްރާޢީލް ސިފައިން މަރާލެވުނު: 64

އިސްރާޢީލް ޢާންމުން މަރުވި: 06

އިސްރާޢީލް ކުޑަކުދިން މަރުވި: 01

މިއީ ހަމައެކަނި ޢަދަދުތަކެއް ނޫނެވެ. ކޮންމެ ޢަދަދަކީވެސް ހަމަ އޭގައި ހާދިޘާއެއް ހިމެނިފައިވާ ޢަދަދެކެވެ. އަދި ޣައްޒާގެ މިހާރުގެ ޙާލަތަށް ބަލާއިރު އަދި މާބޮޑު ބަދަލެއް އައިސްފައެއްނުވެއެވެ. އެގޮތުން ހާލުގައި ޖެހިފައިވާ ބައެއް މީހުންނަށް މިހާރު ބައެއް ޤައުމުތަކުން ލިބިފައިވާ އެހީއިން ވަގުތީ ހިޔާ / ޓެންޓް ތަކުގައި ދިރިއުޅެމުންދެއެވެ. އަދި ރެފިުއޖީންގެ ގޮތުގައި ލުބްނާން، ތުރުކީ ގައި ޓެންޓްތަކުގައި ދިރިއުޅެއެވެ. މިހާރުވެސް ދޭތެރެ ދޭތެރެއިން އިސްރާޢީލުން ވައިގެ ޙަމަލާތައް ޣައްޒާއަށް ދެއެވެ. އަދި މިސްރަށް ވަދެވެން އޮންނަ ރަފަޙު ބޯޑަރވެސް ޢާންމުކޮށް ހުންނަނީ ބަންދުކޮށްފައިކަމުން ޣައްޒާއަށް އެހީގެ ތަކެތި އެތެރެކުރުމާއި، ގެދޮރު އާރާސްތުކުރުމަށްވަނީ ދަތިކަން ކުރިމަތިވެފައެވެ.

Sources: BBC, UN, UNRWA, Al-Jazeera and The IMEU

ކޮމެންޓް

ގުޅޭ ލިޔުންތައް