"ލޯތްބާއިއެކު 2021" ގެ ތެރެއިން ފަލަޞްޠީނަށް އެހީވުމުގެ ފުރުޞަތު!

އެޑްމިން

އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން މިހާރު ކުރިޔަށް ގެންދާ "ލޯތްބާއިއެކު 2021" ގެ ތެރެއިން ފަލަޞްޠީނަށް އެމަރޖެންސީ އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާތީ ފަލަޞްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ފުރުޞަތު އެޖަމުޢިއްޔާއިން ހުޅުވާލައިފިއެވެ.

މި ނިންމުމަކީ، މިވަގުތު ފަލަޞްޠީންގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވާތީ، ފަލަސްޠީނަށް އެމަރޖެންސީ އެހީ ދެވޭނެ ގޮތެއް އޮތްތޯ ވަރަށް ގިނަ ފަރާތްތަކުން ސުވާލު ކުރަމުން އަންނާތީ އެކަމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ހުޅުވާލި ފުރުޞަތެއް ކަމުގައި އެ ޖަމުޢިއްޔާއިން މަޢުލޫމާތު ދެއެވެ.

މިއަހަރުގެ 6 ރޯދަ ނިމެންދެން "ލޯތްބާއިއެކު 2021" އަށް އެހީ ފޮނުވޭނެ ކަމަށާއި، ފަލަޞްޠީނަށް އެހީ ފޯރުކޮށްދޭން ބޭނުންވާނަމަ "ލޯތްބާއިއެކު" ކެމްޕޭނަށް އެހީ ފޯރުކޮށްދިނުމަށް އެ ޖަމުޢިއްޔާއިން ވަނީ އެދިފައެވެ.

އެ ކެމްޕޭނަށް ލިބޭ އެހީ، މިވަގުތު އެއަށް އެންމެ ބޭނުން ޖެހިފައިވާ ފަލަޞްޠީނުގެ އަޚުންނާއި އުޚްތުންނަށް ފޯރުކޮށްދެވިގެންދާނެ ކަމުގައި އެ ޖަމުޢިއްޔާއިން މަޢުލޫމާތު ދެއެވެ.

"ލޯތްބާއިއެކު 2021" ކެމްޕޭނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން، އެ ޖަމުޢިއްޔާއިންވަނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ފައިސާ ޓްރާންސްފަރ ކުރެވޭނެގޮތްވެސް މަގުފަހި ކޮށްދީފައެވެ.

އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންއަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަތި ހާލުގައި ދިރިއުޅޭ މުސްލިމު އަޚުންނާއި އުުޚުތުންނަށް، އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކާމިޔާބު މަސައްކަތްތަކެއް ކުރަމުން ގެންދާ އަމިއްލަ ޖަމުޢިއްޔާއެކެވެ.

"ލޯތްބާއިއެކު 2021" އަށް ހަމަޖެހިފައިވާ ބޭންކް އެކައުންޓް - 7770000026259 (ފައިސާ ޓްރާންސްފަރ ކުރައްވާއިރު އެކައުންޓްނަމްބަރު ޑަބަލްޗެކްކުރެއްވުން އެދެން) 

ކޮމެންޓް

ގުޅޭ ލިޔުންތައް