ބަނަވެ އަނދިރިކަން އޮނަވިހި ކޮވިޑުން ދުނިޔެވަށާލީ މީ ވަބާ
އަތްތަކޭ އުފުލާލެވެނީ އަދުގެ މި ޙާލް ފެނިފާ
މާތް ޙަރަމް ފުޅު ވަނީ ޙާލަތުން މިހިނދު ފަޅުވެފާ
މަގުތަކާ މިސްކިތާ ޤައުމުތައް ވަނީ ބަންދުގާ
ޙާލުގާ ދުނިޔެ މި އާދޭސް އުއްމަތް އަޑު އުފުލާ
ބަނަވެ އަނދިރިކަން އޮނަވިހި ކޮވިޑުން ދުނިޔެވަށާލީ މީ ވަބާ
އަތްތަކޭ އުފުލާލެވެނީ އަދުގެ މި ޙާލް ފެނިފާ
ޔާ އިލާހް، ދެއްވަވާ ވާޝިފާ އަވަސް ދުނިޔެއަށް
ބަލިވެގެން މަރުވަމުން ނެތިފަނާ ވަނީ މީސްތަކުން
ރޭދުވާ ނިމެނީ ކަރުނުން، މަދަދަށް އެދި އާދޭސް
ބަނަވެ އަނދިރިކަން އޮނަވިހި ކޮވިޑުން ދުނިޔެވަށާލީ މީ ވަބާ
އަތްތަކޭ އުފުލާލެވެނީ އަދުގެ މި ޙާލް ފެނިފާ
ޅެން: އާޠިފާ ޢަބްދުއްސައްތާރު
އަޑު: އާމިނަތު ރާޔާ އަޝްރަފް
ކޮމެންޓް
ގުޅޭ ލިޔުންތައް